މާލޭގެ ގެއެއްގައި ކެމިކަލް ގުދަނެއް ހުރި މައްސަލަ ފެންމަތިވެގެން ކަމާއިބެހޭ ފަރާތްތަކުން އެ މައްސަލަ ބަލަން ފަށައިފިއެވެ.

މާލޭގައި ހުރި ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއަކަށްފަހު މާލޭގައި ކެމިކަލް ގުދަންކުރުން ވަނީ މަނާކޮށްފައެވެ.

އެ ގުދަނުގައި ހުރި ތަކެއްޗާއެކު ސޯޝަލް މީޑިއާގައި ފޮޓޯތައް އާއްމުވެފައިވާއިރު، އެ ތަން ހުރީ ލިލީމަގުގައެވެ.

އެމްއެންޑީއެފުން ބުނީ ކެމިކަލް ގުދަނަށް ވަދެ، އެތަނުގެ އިންސްޕެކްޝަނެއް ހަދާފައިވާކަމަށެވެ. އަދި އެ ތަނުގައި ބައެއް ތަކެތި ގުދަން ކޮށްފައި ވަނީ ގަވާއިދާއި ހިލާފަށްކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ ކެމިކަލް ގުދަން ފުލުހުންގެ ސަމާލުކަމަށް ގެނެވި، ފުލުހުން އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކަށްފަހު މާލޭގައި ހުރި ކެމިކަލް ގުދަންތައް ބޭރުކޮށްފައިވާއިރު ކެމިކަލް ގުދަންކުރަން ސަރުކާރުން ވަނީ ހުޅުމާލެއިން ބިން ހަމަޖައްސައިދީފައެވެ.



ކިޔުންތެރިންގެ ހިޔާލު