އަމަލީ ދުނިޔޭގައި ކަންކަން އިސްލާހު ކުރެވޭނީ އަޒުމާއި ކެތްތެރިކަން ހުންނަ މީހުންނަށް ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެ އެވެ.

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން އިއުލާންކޮށް މެނިފެސްޓޯ ހާމަކުރަމުންދާ މި ދަނޑިވަޅުގައި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ހިޔާލީ ދުނިޔެެއެއްގައި ކަންކަން އިސްލާހު ކުރުމާއި އަމަލީ ދުނިޔޭގައި ކަންކަން އިސްލާހު ކުރުމަކީ ވަރަށް ތަފާތު ދެ ކަންތައް ކަމަށެވެ.



"ހިޔާލީ ދުނިޔެއެއްގައި ކޮންމެ މީހަކަށްމެ އިސްލާހުކޮށްލެވިދާނެ، ނަމަވެސް އަމަލީ ދުނިޔެ އިސްލާހު ކުރެވޭނީ އިލްމާއި ހިލްމު އެއްކޮށް، އަޒުމާއި ހިތްވަރާއި ހިކުމަތްތެރި އަމަލާ އެއްކޮށް ކެތްތެރިވެގެން،" ރައީސް ސާލިޙު ދެވަނަ ދައުރަކަށް އިންތިޚާބުކުރުމަށް އެމްޑީޕީ އާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ރަައީސް އިމްރާން ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން މިހެން ވިދާޅުވެފައިވާއިރު މި އަހަރުގެ ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީތަކުން ބައެއް ވައުދުތައް ހާމަކޮށް ރައްޔިތުންނަށް ކޮށްދޭނެ ބައެއް ކަންކަން ހާމަކޮށް ތާއިދު ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންނެެވެ. ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެންބަރު މަހުގެ 09 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު