ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަަށް ހެދުމަަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަށް ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިން ވިދާޅުވެއްޖެއެވެ.
ސައުދު މިހެން ވިދާޅުވީ ޗައިނާގެ އެހީގައި ރާއްޖޭގެ ހަތަރު ރަށެއްގައި އަޅާ ހޮސްޕިޓަލްގެ ފީސިބިލިޓީ ސްޓަޑީ ހަދައިދިނުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމާއި ގުޅިގެންނެެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އުތުރުގެ ދެ ރަށަކާއި ދެކުނުގެ ދެ ރަށުގައި ރީޖަނަލް ހޮސްޕިޓަލެއް އަޅަން ނިންމާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫ، ރ. އަލިފުށި، ދ. ކުޑަހުވަދޫ، އަދި ގއ. ވިލިނގިއްޔެވެ.
އެކަމަށް އިޝާރަތް ކުރަށްވައި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިން ވިދާޅުވީ ގއ. އަތޮޅާ ވިލިނގިލީ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ވަމުންދާ ކަމަށެވެ. ގައުމު އަލުން އާރާސްތުކޮށް ބިނާކުރުމަށް ރައީސް ސާލިޙު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތައް ރައްޔިތުން މިއަދު ބަލައިގެންފައިވާ ކަމަށް ސައުދު ވިދާޅުވިއެވެ.
"ރައްޔިތުންގެ އުއްމީދުތަައް ހަގީގަތަކަށް ހެދުމަށް ރައީސަށް ދެވަނަ ދައުރެއް ދޭންޖެހޭ،" މަޖިލީހުގެ އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު، ސައުދު ވިދާޅުވިއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެކަން ރައީސް ސާލިޙު އިއުލާނު ކުރަށްވާފައިވާއިރު އެމްޑީޕީގެ ރިޔާސީ ޓިކެޓް ވެސް މިހާރު ވަނީ އެމަނިކުފާނަށް އަރުވާފައެވެ. ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހަށް ތާއިދުކުރުމަށް ނިންމައި މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިތުރުން މީދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާވެރިޔާ ސަން ސިޔާމްގެ އެމްޑީއޭ އިން މިހާރު ވަނީ އެމްޑީޕީއާއެކު ކޯލިޝަން ހަދާފައެވެ.
ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެންބަރު މަހުގެ 09 ވަނަ ދުވަހުއެވެ.

Villingili adhi Ga.Atholhu rayyithunge unmēdhuthah hagēgathakah. Gaumu alun aarāsthukoh, binaa kurumah Raees @ibusolih ge harudhanā siyāsathuthah rayyithun vany balaigenfa. Rayyithunge mi unmeedhuthah hagēgathakah hedhevumah 2 vana dhaureh dheyn jehey. https://t.co/942zzrK449
— Saud Hussain (@SaudVillingili) April 2, 2023
"ރައްޔިތުންގެ އުއްމީދުތަައް ހަގީގަތަކަށް ހެދުމަށް ރައީސަށް ދެވަނަ ދައުރެއް ދޭންޖެހޭ،" މަޖިލީހުގެ އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު، ސައުދު ވިދާޅުވިއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެކަން ރައީސް ސާލިޙު އިއުލާނު ކުރަށްވާފައިވާއިރު އެމްޑީޕީގެ ރިޔާސީ ޓިކެޓް ވެސް މިހާރު ވަނީ އެމަނިކުފާނަށް އަރުވާފައެވެ. ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހަށް ތާއިދުކުރުމަށް ނިންމައި މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިތުރުން މީދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާވެރިޔާ ސަން ސިޔާމްގެ އެމްޑީއޭ އިން މިހާރު ވަނީ އެމްޑީޕީއާއެކު ކޯލިޝަން ހަދާފައެވެ.
ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެންބަރު މަހުގެ 09 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލު