އައްޑޫ ސިޓީ ފޭދޫ އަލިވިދާގޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާގެ މަޢުލޫމާތު މިރޭ 19:33 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ސްޓޭޝަނުގެ ފަޔަރމަނުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ ސ. ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ކުރި މަސައްކަތުން އަލިވިދާގޭގައި ހުރި ކޮޓަރިއެއްގައި ރޯވި އަލިފާން ނިއްވާލެވިފައިވަނީި މިރޭ 20:09 ހާއިރުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި އަލިފާން ރޯވި އެޕާޓްމަންޓް ވަނީ އަނދާ ހުލިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު