އިސްލާމީ ދުނިޔެއިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތަސައްވުރު ބަލައިގަންނަކަމަށް ރާއްޖެއިން ސަޢުދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުޙައްމަދު ޚަލީލް ވިދާޅުވެއްޖެއެެވެ.

މުޙައްމަދު ޚަލީލަކީ ރާއްޖެއިން ފަލަސްތީނަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދުކުރައްވާކަން އިއުލާންކުރަށްވަމުން ސަފީރު މުޙައްމަދު ޚަލީލު ވިދާޅުވީ އިސްލާމީ ދުނިޔެއާއި މެދުއިރުމަތި، ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސިޔާސަތުތައް ވަރަށް ބޮޑަށް ބަލައިގަންނަކަމަށެވެ. އަދި ދެވަނަ ދައުރަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހޮވުމަށް އެމަނިކުފާނާއެކު ހުންނެވިކަމަށް ސަފީރު ވިދާޅުވިއެވެ.



ޚަލީލްގެ އިތުރުން އެހެން ބައެއް ޤައުމުތަކަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ދިނުމަށް ތާޢީދުކުރައްވާކަން މިހާރު ވަނީ އިއުލާންކުރަށްވާފައެވެ.

އެގޮތުން މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރު ޢަލީ ޙުސައިން ދީދީ ވެސް ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ދިނުމަށް ތާޢީދުކުރައްވާކަން ހާމަކުރަށްވާފައެވެ. އަދި ރާއްޖެއަށް ސުލްހައާއި ހަމަޖެހުން އަދި ތަރައްޤީ ދެމެހެއްޓެނިވިގޮތެއްގައި ގެނެސްދެއްވާނެކަން ރައީސް ސާބިތުކޮށްދެއްވާފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު