ރާއްޖޭގެ ފުޓުބޯޅައިގައި އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ ނިއުރޭޑިއަންޓަށް ކޯޗެއް ހަމަޖައްސައި، ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވާން ފަށައިފިއެވެ.
އެފްއޭއެމުން ނިއުރޭޑިއަންޓް ސަސްޕެންޑްކޮށްފައި ވަނިކޮށް، މިދިޔަ އަހަރު ކްލަބް ހިންގުމާއި އައު ބޯޑަކުން ހަވާލުވެ، ކްލަބްގެ ދަރަނީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން ކްލަބްގެ ބޭރުގެ ދަރަނި ޚަލާސްކޮށް ދިވެހި ކުޅުންތެރިންނަށް ދޭންޖެހޭ ފައިސާ ދިނުމާ ބެހޭގޮތުން ކުޅުންތެރިންނާއެކު ވަނީ ސެޓްލްމަންޓް އެއްބަސްވުންތައް ހަދާފައެވެ. އަދި މިކަންކަން ހަމަޖެއްސުމަށްފަހު މިދިޔަ ސީޒަނުގައި ވަނީ ދެވަނަ ޑިވިޒަނުގައި ވާދަކޮށްފައެވެ.
ނިއުރޭޑިއަންޓުން މިހާރު ވަނީ ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ޓީމުގެ ވަރުގަދަކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ކުރިއަށް އޮތް އެފްއޭކަޕަށާއި، ދެވަނަ ޑިވިޝަނަށް ތައްޔާރުވުމުގެ ގޮތުން ޓީމުގެ ކޯޗަކަށް އަހުމަދު ނިމާދު (ނިމާ) ވަނީ ހަމަޖައްސާފައެވެ. އެސިސްޓެންޓް ކޯޗަކަށް ހަމަޖައްސާފައިވަނީ ކުރިން ނިއުއަށް ކުޅުނު ފަރުހާދު އިސްމާއިލް (ފަރޭ) އެވެ.
ނިމާ ވަނީ ކުރިން އީގަލްސްގެ އެސިސްޓެންޓް ކޯޗުކަމާއި މިދިޔަ ސީޒަނުގައި ދެވަނަ ޑިވިޝަންގެ ޖޭޖޭ ސްޕޯޓްސް ކުލަބުގެ ކޯޗަކަށް މަސައްކަތްކޮށްފައެވެ. އަދި އޭނާ ވަނީ ބުރު ސްޕޯޓްސްއާއެކު ތިންވަނަ ޑިވިޝަން ކާމިޔާބުކޮށްފައެވެ.
މިދިޔަ އަހަރު ނިއުގެ ކޯޗަކަށް ހުރި ސޮބާ ވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ކޯޗުކަމާއި ހަވާލުވެފައެވެ.
ނިއުރޭޑިއަންޓުގެ އޮފިޝަލަކު ވިދާޅުވީ މިއަހަރު ފުޓްބޯޅަ ސީޒަނަށް ތައްޔާރުވާއިރު ނިއުގެ އަމާޒު ހުރީ ދެވަނަ ޑިވިޝަން ކާމިޔާބުކޮށް ފުރަތަމަ ޑިވިޝަނަށް އެރުމާއެކު، އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރުންކަމަށެވެ. އެފްއޭ ކަޕަކީ ނިއުއިން އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ މުބާރާތެވެ.
އޮފިޝަލަކު ވިދާޅުވީ އަންނަ ސީޒަނުގައި އެ ޓީމާއި ގުޅޭ ކުޅުންތެރިން ކުރިއަށް އޮތް ދުވަސްތަކުގައި އިއުލާންކުރަމުންދާނެކަމަަށެވެ.

ކިޔުންތެރިންގެ ހިޔާލު