ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ތިޖޫރީ ފަޅާލި މައްސަލައިގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ބައިވެރިވުން އޮތް ކަމަށް އެކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ތުހުމަތުކުރަށްވައިފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަދި އާރްޑީސީ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު އެގޮތަށް ތުހުމަތުކުރެއްވީ އާރުޑީސީ އަކީ އެއްއަހަރު ތެރޭގައި ތިން ފަހަރެއްގެ މަތިން ތިޖޫރީ ފަޅާލި ތަނެއް ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވުމާއި ގުޅިގެންނެެވެ. އިންތި ވިދާޅުވީ ތިޖޫރީ ފަޅާލާފައިވަނީ އެތެރެއިން ނޫންގޮތަކަށް ނުވާނެ ކަމަށެވެ. އެކަމާ ގުޅިގެން މޫކޭ ވިދާޅުވީ ތިޖޫރީ ފެޅުމުގައި އިންތިގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށެވެ.
"އެހެންވެ ތިހާބޮޑަށް ތި އެނގިލައްވާނީ." އިންތި އަށް ރައްދު ދެއްވަމުން މޫކޭ ވިދާޅުވިއެވެ.
އާރުޑީސީ އޮފީސް ފަޅާލައިގެން ވަގަށް ބަޔަކު ވަދެ ތިން ފަހަރެއްގެމަތިން އެ އޮފީހުގެ ތިޖޫރި ވަނީ ފަޅާލައިފައެވެ. އެގޮތުން މިދިޔަ އަހަރު އޭޕްރިލް މަސްތެރޭ އެ އޮފީހުން ވައްކަންކުރި ބަޔަކު ވަނީ 100،000 އެއްހާ ރުފިޔާ ވަގަށްނަގައިފައެވެ. އެންމެ ފަހުން ވައްކަންކުރި ފަހަރު ވަގުން އެ އޮފީހަށް ވަނީ އޮފީހުގެ ފުރާޅުން ޓިނު ނަގައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު