ރާއްޖޭގެ އެންމެ ބޮޑު ސިޔާސި ޕާޓީގެ ވެރިކަން 18 އަހަރުކުރިއިރު 3 އަހަރު ގައުމުގެ ވެރިކަންކޮށް ނުލެވުނުކަމަށް ވިދާޅުވެ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ނުސީދާކޮށް ފާޑު ވިދާޅުވެއްޖެއެވެ.

ރާޝިދު މިހެން ވިދާޅުވީ ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވީޓަރ ހޭންޑްލްއިން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމަށް ހަޑިހުތުރު އެއްޗެހި ގޮވާ ކުރި ޓްވީޓަކާއި ގުޅިގެންނެވެ.

ރައީސް ނަޝީދުގެ ފެކްޝަނުން ހިންގާކަމަށް ބައެއް މީހުން ބުނާ ހަސަން ކުރުސީގެ ޓްވީޓަރއިން ކުރި ޓްވީޓްގައި ވަނީ ރޮޒައިނާއަކީ "ހަށިވިއްކާ" ބޭފުޅެއްކަމަށްވެސް ބުނެފައެވެ.



އެ ޓްވީޓާ ގުޅިގެން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ވިދާޅުވީ މިއީ އަމިއްލަ އެދުމާއި ހެދި ދިމާވާ ކަންކަން ކަމަށެވެ. އަދި ވެރިކަން ނުލިބުމަކީ އެެހެން މީހުންގެ ބޮލުގައި މިފަދަ އިލްޒާމްތައް އަޅުވަންޖެހޭ ސަބަބެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ނުސީދާކޮށް ފާޑު ވިދާޅުވަމުން ރަޝީދު ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސި ޕާޓީގެ ވެރިކަން 18 އަހަރުކުރިއިރު 3 އަހަރު ވެރިކަންކޮށް ނުލެވުނުކަމަށެވެ.

ރިޔާސީ ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ހިސާބުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ޕާޓީގެ ހަރަކާތްތަކާއި ވަކިން ސިޔާސީ މަސައްކަތް ކުރައްވަމުންނެވެ. އަދި އެއީ ވެރިކަން ހޯދުމުގެ ދަހިވެތިކަމުގައި ކުރާ މަސައްކަތްތަކެއްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު