އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި ދެކޮޅަށް ޖިނާއީ ދައުވާކުރަން އެމެރިކާގެ ނިއުޔޯކް ޖޫރީންތަކެއް ނިންމީ މިދިޔަ ބުރާސްފަތިދުވަހުއެވެ. ޖޫރީން ކުރިމައްޗަށް ޕްރޮސެކިއުޓަރުން ހުށަހެޅި ހެކިތަކަށް ބެލުމަށްފަހު މެންހަޓަންގެ ގްރޭންޑް ޖޫރީންގެ ޕެނަލުން ނިންމީ ޓްރަމްޕާއި ދެކޮޅަށް ޖިނާއީ ދައުވާ އުފުލޭ މިންވަރަށް ހެކި އެބަހުރިކަމަށެވެ. އެ ނިންމުމާއެކު 76 އަހަރުގެ ޓްރަމްޕް ވެވަޑައިގަންނަވާނީ އެމެރިކާގެ ތާރީހުގައިވެސް ރައީސްކަންކޮށްފައިވާ ބޭފުޅުންގެ ތެރެއިން ޖިނާއީ ދައުވާއެއް އުފުލާ ފުރަތަމަ ރައީސަށެވެ. ނަމަވެސް މިހާތަނަށް އައިއިރު ޓްރަމްޕާއި ދެކޮޅަށް ކުރަނީ ކޮން ދައުވާއެއްކަމެއް، ނުވަތަ ކިތައް ދައުވާކަމެއްވެސް ނޭނގެއެވެ. އެ ހުރިހާ ތަފްސީލެއް ހާމަވާނީ އަންގާރަދުވަހު މެންހެޓަންގެ ކޯޓަށް ޓްރަމްޕް ހާޒިރުކޮށް ދައުވާތައް އިއްވުމުންނެވެ. ނަމަވެސް މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުން ޓްރަމްޕާއި ދެކޮޅަށް 30 ވަރަކަށް ދައުވާކޮށްފައިވެއެވެ.
ހަބަރުތައް ބުނާގޮތުން މި މައްސަލައަކީ ބަރަހަނާ ފިލްމުތަކުގައި އުޅޭ ސްޓޯމީ ޑެނިއަލްސް ކިޔާ އަންހެނަކާއި ޓްރަމްޕާއި އޮތް ގުޅުން ސިއްރުކުރަން އެ އަންހެން މީހާއަށް ފައިސާދިން މައްސަލައާއި ގުޅޭ ކަމެކެވެ. 2016 ވަނަ އަަހަރު ޓްރަމްޕް ވެރިކަމަށް ކުރިމަތިލައްވައިގެން އުޅުނުއިރު ސްޓޯމީ ޑެނިއަލްސް ވަނީ އޭނާއާ ޓްރަމްޕާއެކު 2006 ވަނަ އަހަރު ކައިވެނިން ބޭރު ލޯބީގެ ގުޅުމެއް އޮތްކަމަށް ބުނެފައެވެ. އަދި މީޑިއާއަށް އެކަމާއި ގުޅޭ މައުލޫމާތުތައް ހާމަކުރުމަށްވެސް އޭނާ މަސައްކަތްކުރިއެވެ. ނަމަވެސް އެ ވާހަކަތައް ހުއްޓުވަން ޓްރަމްޕްގެ ވަކީލެއްކަމަށްވާ މައިކަލް ކޯހެން ވަނީ 130000 ޑޮލަރު ސްޓޯމީ ޑެނިއަލްސްއަށް ދީފައެވެ. އެ ފައިސާ ދިނުމުން ސްޓޯމީ ޑެނިއަލްސް އެ ވާހަކަތައް އިތުރަށް ދައްކާފައެއް ނުވެއެވެ.
ބަރަހަނާ ފިލްމުކުޅޭ އަންހެން މީހާއާއެކު އޮތް ގުޅުން ސިއްރުކުރަން ޓްރަމްޕް ފައިސާ ދިނުމަކީ އެމެރިކާގައި ޤާނޫނީގޮތުން މަނާކަމެއް ނޫނެވެ. ނަމަވެސް މިކަމަގައި ޓްރަމްޕް "ބޭނުނީ" އޭނާގެ ވަކީލު ކޯހެންގެ "ގަޅިކަމުން"ނެވެ. އަންހެން މީހާއަށް ދޭންޖެހޭ ފައިސާ ދިނީ ވަކީލުގެ އެކައުންޓުންނެވެ. އަދި ޓްރަމްޕް އެ ފައިސާ ވަކީލަށް ދިނުމުން އޭނާގެ އެކައުންޓަށް ޖަމާކުުރުމަށްފަހު ބެންކަށް އަންގާފައިވަނީ އެއީ ވަކީލުގެ ފީގެ ގޮތުގައި ލިބުނު ފައިސާކަމަށެވެ. މައްސަލަ އުފެދުނީ އެކަމުންނެވެ. ވިޔަފާރީގެ ބަޔާންތައް އޮޅުވާލުމުންނެވެ. މީގެއިތުރުން މިކަމެއް ހިނގާފައިވަނީ ރިޔާސީ ކެމްޕެއިނެއްގެ ތެރޭގައިކަމުން އިންތިހާބާބެހޭ ބައެއް ޤާނޫނުތަކާއިވެސް ހިލާފުކަމަކަށް މިކަންވެދާނެއެވެ.
އަންގާރަދުވަހު ޓްރަމްޕް ކޯޓަށް ހާޒިރުކުރުމުން އިތުރު ކަންކަން ހާމަވާނެއެވެ. ނަމަވެސް ޓްރަމްޕް ބުނާގޮތުން އޭނާ ޤާނޫނާއި ހިލާފަށް އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެއެވެ. އަދި މިއީ ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރައްވާނެތީ އެކަމަށް ހުރަސް އެޅުމުގެ ގޮތުން ހިންގާ ސިޔާސީ ކަމެއްކަމަށްވެސް ޓްރަމްޕް ބުނެއެވެ.
މިކަމުގައި ދެން އޮތް އެންމެ ބޮޑު ސުވާލަކީ މި މައްސަލައިގައި ޓްރަމްޕަށް އަންނާނެ އަދަބެކެވެ. ޤާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުގައި އެންމެ ގާތީ ޖޫރިމަނާގެ އަދަބެކެވެ. ނަމަވެސް ޖަލު ހުކުމެއް އައުމުގެ ފުރުސަތުވެސް އެބައޮތެވެ. ޖަލު ހުކުމެއް އަޔަސް އެންމެ ގާތީ 4 އަހަރު ދުވަހުގެ ހުކުމެވެ. އެކަމަކު ގިނަ ވަކީލުންނާއި ޤާނޫނީ ތަޖުރިބާކާރުން ބުނަނީ މި މައްސަަލައިގައި ޓްރަމްޕަށް ޖަލު ހުކުމެއް އިއްވުމަކީ ނާދިރުކަމެއްކަމަށެވެ.
ދެން އޮތް ސުވާލަކީ މި މައްސަލައިގެ ސަބަބުން ރައީސްކަމަށް ވާދަކުރުމަށް ޓްރަމްޕްކުރާ މަސައްކަތަށް ހުރަސް އެޅޭނެތޯއެވެ. ޖަވާބަކީ ނޫނެވެ. އެމެރިކާގެ ޤާނޫނުތައް ބުނާގޮތުން ދައުވާތަކެއް ކުރިޔަސް އިލެކްޝަންގެ ކެމްޕެއިން ކުރިއަށްގެންދެވިދާނެއެވެ. އަދި ޖަލު ހުކުމެއް އަޔަސް އޭނާއަށް އިންތިހާބުގައި ވާދަކުރެވޭނެއެވެ. ނަމަވެސް މިކަމުގައި ޓްރަމްޕަށް ކުރިމަތިވާނެ އެންމެ ބޮޑު ދައްޗަކީ ރިޔާސީ ކެމްޕެއިނެއްގެ ތެރެއިން ބޮޑު ޝަރީއަތެއް ކުރިއަށްގެންދިއުމެވެ. އެކަމުގެ ސަބަބުން ކެމްޕެއިންގެ އެތައްކަމަކަށް ހުރަސް އެޅި، ވަގުތުތައް ބޭކާރުވާނެއެވެ. އަދި އުމުރުން 76 އަހަރުގެ ޓްރަމްޕަށް ޖިސްމާނީގޮތުންވެސް މިއީ އުފުލުން ބުރަބޮޑުކަމަކަށް ވާނެއެވެ.
ޓްރަމްޕް ވެރިިކަމުގައި ހުންނެވިއިރުވެސް ދެ ފަހަރަކު ޤާނޫނު ހަދާ މަޖިލީހުން އޭނާގެ މައްސަލަތަކެއް ބެލިއެވެ. ނަމަވެސް ދެ ފަހަރުވެސް ނިންމާފައިވަނީ އޭނާގެ ކުށެއް ނެތްކަމަށެވެ. ނަމަވެސް މިހާރު އޭނާއަކީ ރައީސެއް ނޫނެވެ. އެހެންކަމުން މިހާރު އޮންނަނީ އާއްމު މީހަކާއި ދޭތެރޭ ކަންކަން ކުރާ އުސޫލުން ޓްރަމްޕާއި ދޭތެރޭވެސް ކަންކަންކުރުމެވެ.
ޓްރަމްޕާއި ދެކޮޅަށް ހިންގާ ޝަރީޢަތުގެ ފުރަތަމަ އަޑު އެހުން އޮންނާނީ އަންގާރަދުވަހުގެ މެންދުރުފަހު 2:15ގައެވެ. ފްލޮރިޑާގައި އުޅުއްވާ ޓްރަމްޕް އޭނާގެ ޕްރައިވެޓް ޖެޓުގައި ނިއުޔޯކް ސިޓީއަށް އައުމަށްފަހު ކަމާއިބެހޭ ފަރާތްތަކާއި އަމިއްލައަށް ހަވާލުވާނެއެވެ. ހަބަރުތައް ބުނާގޮތުން މިކަމުގައި ގާތްގަނޑަކަށް ސަތޭކައެއްހާ ސީކްރެޓް ސަރވިސްގެ އޮފިޝަލުން ހަރަކާތްތެރިވާނެއެވެ.
ޓްރަމްޕް ކޯޓަށް ހާޒިރުކުރާނީ ބިޑި އަޅުވައިގެންކަމަށް މީގެކުރިން ބައެއް މީހުން ބުންޏަސް، އޮފިޝަލުން ބުނާގޮތުން ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުން ޓްރަމްޕް މެންހަޓަންގެ ކްރިމިނަލް ކޯޓަށް ހާޒިރުކުރާނީ ބިޑި އަޅުވައިގެނެއް ނޫނެވެ. އެއީ ޓްރަމްޕްގެ ފަރާތުން ނުރައްކަލެއް އޮންނާނެކަމަށް ނުބެލެވޭނެތީއެވެ.
ޓްރަމްޕް ކޯޓަށް ހާޒިރުކުރުމާއި ދިމާކޮށް ކޯޓު ސަރަހައްދުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. ސެކިއުރިޓީ ބެލެހެއްޓުމުގައި އެފްބީއައި، ސީކްރެޓް ސަަރވިސް، ނިއުޔޯކް ފުލުހުން އަދި ނިއުޔޯކްގެ ކޯޓު އޮފިސަަރުން ހަރަކާތްތެރިވާނެއެވެ. ހަބަރުތައް ބުނާގޮތުން ޓްރަމްޕާއި ދެކޮޅަށް ދައުވާ ކުރާތީ ނިއުޔޯކްގެ ޑިސްޓްރިކްޓް އެޓާނީސް އޮފީހަށް މިހާރުވެސް އެތައް އިންޒާރެއް ދަނީ އަންނަމުންނެވެ.
ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓް ލިބޭނެކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޓްރަމްޕާއި ދެކޮޅަށް ދައުވާ އުފުލުމުން އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ މެމްބަރެއްކަމަށްވާ ކެވިން މެކާތީ ވަނީ މިއީ އިންތިހާބަށް ނުފޫޒު ފޯރުވަން ޝަރުއީ ދާއިރާ ބޭނުންކުރުންކަމަށް ސިފަކޮށްފައެވެ. މީގެއިތުރުން ކޯޓަށް ދޮަަށަށް އެއްވެ މިކަމާއި ދެކޮޅަށް އަޑުއުފުލުމަށްވެސް ރިޕަބްލިކަން ޕާޓީގެ މެމްބަރުން ދަނީ ގޮވާލަމުންނެވެ.
ހަބަރުތައް ބުނާގޮތުން ޓްރަމްޕް ކޯޓަށް ހާޒިރުކުރުމާއި ދިމާކޮށް އެމެރިކާގެ އެކި ހިސާބުތަކުގައި މުޒާހަރާތައް ކުރިއަށްގެންދާނެކަމަށް ލަފާކޮށް ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު