ހއ. އިހަވަންދޫ މަގުތަކުގައި ތާރުއަޅަން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރުޑީސީއާ ހަވާލުކޮށްފިއެވެ.
އިހަވަންދޫ މަގުތަކުގައި ތާރުއަޅަން އާރުޑީސީއާ ހަވާލުކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި މަސައްކަތް އާރުޑީސީޢާ ހަވާލުކޮށްފައިވަނީ 102.8 މިލިއަން ރުފިޔާއަށެވެ.
ހއ. އިހަވަންދޫ މަގުތަކުގައި ތާރުއަޅަން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަނެވެ.
އިހަވަންދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތުގެ ދަށުން 6.9 ކިލޯމީޓަރުގެ މަގުގައި ތާރުއަޅައި މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކުރުމުގެ އިތުރުން މަގުތަކުގައި މަގުބައްތި ޖަހާނެއެވެ. މި މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

RDC contracted for the Design and Build of Major Roads at Ha. Ihavandhoo.#TeamRDC pic.twitter.com/2YlmOJ8ZT6
— Road Development Corporation Ltd (@rdcmaldives) April 2, 2023
ހއ. އިހަވަންދޫ މަގުތަކުގައި ތާރުއަޅަން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަނެވެ.
އިހަވަންދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތުގެ ދަށުން 6.9 ކިލޯމީޓަރުގެ މަގުގައި ތާރުއަޅައި މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކުރުމުގެ އިތުރުން މަގުތަކުގައި މަގުބައްތި ޖަހާނެއެވެ. މި މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ކިޔުންތެރިންގެ ހިޔާލު