މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ޖޫންމަހު ބޭއްވުމަށް ނިންމައިފިއެވެ.
އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުން އިސްތިއުފާދީފިނަމަ 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހެއެވެ. ނަމަވެސް ޤާނޫނަށް ގެނެސްފައިވާ އިސްލާހާއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބު ބާއްވަން ޖެހޭނީ 365 ދުވަހުގެ ތެރޭގައެވެ. ނަމަވެސް ކޮމެޓީގެ ކޯރަމް ހަމަނުވާ އަދަދަށް ކޮމެޓީގެ މެމްބަރުން މަދުނަމަ، 60 ދުވަހުގެ ތެރޭގައި އިންތިޚާބުތައް ބާއްވަމުން ދާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަންތައް ބާއްވާނެ ދުވަހެއް ކަނޑައަޅާފައެވެ. އެގޮތުން މިއަހަރު ބާއްވާ އަންހެނުންގެ ކޮމެޓީގެ ބައި އިލެކްޝަންތައް ބާއްވާނީ ޖޫން މަހުގެ 17 ވަނަ ދުވަހުއެވެ. އަދި އެދުވަހު 10 ރަށެއްގެ ބައި އިލެކްޝަންސް ބޭއްވުމަށް އިލެކްޝަނުން ވަނީ ތާވަލްކޮށްފައެވެ.
ޖޫންމަހު ބާއްވާ ބައި އިލެކްޝަންތަކަކީ ތ.ގާދިއްފުށީ، ރ.މީދޫ، ގދ.ހޯޑެއްދޫ، ގދ.ވާދޫ، ކ.މާމެންދޫ، ކ.ދިއްފުށި، މ.ވޭވަށު، ފ.ބިލެއްދޫ، ށ.މާއުނގޫދޫ އަދި ހދ.ފިނޭގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަނެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަން އަހަރަކު އެއްފަހަރު ބޭއްވުމަށް ނިންމީ ގާތް ގާތުގައި އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބު ބާއްވަންޖެހުމުން އެކަމަށް ހިނގާ ހަރަދު ބޮޑުވާތީއެވެ. އަދި ޤާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހުގެ ސަބަބުން އިންތިޚާބުތަކަށް ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަމަށްވެސް ކޮމިޝަނުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު