މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް އަައްޔަންކުރަން މަޖިލީހަށް ފޮނުވި ނަންތަކުގެ ތެރެއިން ޝިހާމް މުހައްމަދު ވަހީދާއި ސަފާ ޝަފީގް މަގާމަށް އައްޔަންކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.
ކޮމިޓީން އެގޮތަށް ނިއްމީ ބްރޯޑްކޮމަށް އައްޔަނުކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި ނަންތައް ދިރާސާ ކުރުމަށް ފަހުއެވެ. އެކޮމިޝަނަށް އައްޔަންކުރަން މަޖިލީހަށް ފޮނުވި ބޭފުޅުންނަށް ގާނޫނު އެނގިވަޑައިގަންނަވާ މިންވަރު ބެލުމުގެ ޓެސްޓު ކުރުމުގެ އިތުރުން އެކޮމެޓީން ވަނީ އެބޭފުޅުންނާއި އިންޓަވިއު ވެސް ކޮށްފައެެވެ.
ޝިހާމާއި ސަފާގެ ނަން ފާސްކުރީ ކޮމިޓީގައި ތިއްބެވި ނުވަ މެމްބަރުންގެ އިއްތިފާގުންނެވެ.
ބްރޯޑްކޮމަށް މެމްބަރަކު އައްޔަން ކުރުމަށް ނަން ފޮނުއްވީ އެކޮމިޝަންގެ މެމްބަރު އަމްޖަދު އިބްރާހީމްގެ މެމްބަރުކަމުގެ މުއްދަތު މިދިޔަ މަހުގެ 15 އަށް ހަމަވުމާ ގުޅިގެންނެެވެ. ބްރޯޑްކޮމަށް އައްޔަންކުރެއްވުމަށް ރައީސް ވަނީ ހަތަރު ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވާފައެެވެ.
ޝިހާމާއި ސަފާގެ ނަން ބްރޯޑްކޮމަށް އައްޔަންކުރުމަށް ކޮމެޓީން ފާސްކުރި ނަމަވެސް އެ ކޮމިޝަނަށް އައްޔަންކުރާނެ މެމްބަރެއްގެ ނަން ފާސްކުރާނީ މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހައިގެންނެެވެ.

ކިޔުންތެރިންގެ ހިޔާލު