ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ ރީބްރޭންޑްކޮށް، .އައު ނަމެއްގެ ގޮތުގައި އަރބަންކޯ ބޭނުންކުރަން ފަށައިފިއެވެ.
އެޗް.ޑީ.ސީގެ ބްރޭންޑިން އަރބަންކޯއަށް ބަދަލުކުރީ މިއަދު ފާހަގަކުރަމުންދާ އެކުންފުނީގެ 22 ވަނަ އަހަރީ ދުވަހާއި ދިމާކޮށެވެ.
އެޗްޑީސީން ޚ"އަރބަންކޯ" ބްރޭންޑް ލޯންޗުކުރުމުގެ މަޤްޞަދަކީ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޙިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ވިލަރެސްކޮށް، ރާއްޖޭގެ އެންމެ ބޮޑު އާރބަން ޑިވެލޮޕްމަންޓް ކުންފުނީގެ ފުރިހަމަ ލަޤަބު ހޯދައި މަސައްކަތްތައް ބަށްޓަން ކުރުމަށްކަމަށެވެ. އަދި މިހާރު، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައިވެސް ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް، ކައުންސިލްތަކާއި ގުޅިގެން ގެނެވެން ހުރި ތަރައްޤީގެ މަސައްކަތްތައް ބަލާ، ލިބިފައިވާ ތަޖުރިބާ އާއި ހޯދިފައިވާ ކާމިޔާބީތަކުގެ ބޭނުންކޮށް ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތައް ކުރުމަށް ކުންފުނި ފުޅާކުރުމަކީ އަމާޒެއްކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
އެޗް.ޑީ.ސީއިން ވިދާޅުވީ އަރބަންކޯ ބްރޭންޑިންގް ވެގެން ދާނީ މިހާރު ކުންފުނިން ދޭ ޙިދުމަތްތައް ފުޅާ ކުރުމަށް ކުރެވޭ މުހިއްމު މަސައްކަތަކަށެވެ. އަދި ކުންފުނީގެ ބްރޭންޑް ލޯގޯ އިފްތިތާޙް ކޮށްފައިވާއިރު، ބްރޭންޑުގެ އަސްލެއް ކަމުގައި ބަލާފައި ވަނީ ރައްޔިތުން ދެކޭ ހުވަފެންތައް ހަޤީގަތަކަށް ހަދާ ދޭނެ ބައިވެރިއަކީ "އަރބަންކޯ" ކަމުގައިކަމަށް އެކޯރޕަރޭޝަނުން ވިދާޅުވެއެވެ.
އެޗްޑީސީން މިއަދު ވަނީ ކުންފުނީގެ އައު މޮބައިލް އެޕްލިކޭޝަން، އަރބަންކޯ އެޕްވެސް ލޯންޗްކޮށްފައެވެ. ކުންފުނިން ދޭ ހުރިހާ ޙިދުމަތެއް ފަސޭހަކަމާއެކު އެއްތަނަކުން ހޯދޭނެ މަގު މި އެޕްލިކޭޝަން މެދުވެރިކޮށް ފަހިވެގެންދާނެއެވެ.
އެޗް.ޑީ.ސީ ވުޖޫދުވެގެން އައީ މާލޭ ސަރަޙައްދުގެ ތޮށްޖެހުން ކުޑަކޮށް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ އުއްމީދާއިއެކު 2001 ވަނަ އަހަރު ރައީސް އޮފީހުގައި ހެދުނު ވަކި ޔުނިޓަކުންނެވެ. ފަހުން އެކުންފުނީގެ ނަން ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށްވެސް ބަދަލުކުރިއެެވެ. އަދި މިހާރު ބޭނުންވާ ކުރާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމަށް ބަދަލުކުރީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ.

.އެއް އެޕް މެދުވެރިކޮށް އަޅުގަނޑުމެންގެ ޙިދުމަތްތައް މިހާރު ފަސޭހަކަމާއެކު ހޯދާލެވޭނެ
— Urbanco (@hdcmaldives) April 1, 2023
-އާރބަންކޯ އެޕް-
!އަރބަންކޯ މޮބައިލް އެޕް އަވަހަށް ޑައުންލޯޑް ކުރައްވާ
Android: https://t.co/cUM5JlIjmI pic.twitter.com/OJ6EhxCN0o
އެޗް.ޑީ.ސީއިން ވިދާޅުވީ އަރބަންކޯ ބްރޭންޑިންގް ވެގެން ދާނީ މިހާރު ކުންފުނިން ދޭ ޙިދުމަތްތައް ފުޅާ ކުރުމަށް ކުރެވޭ މުހިއްމު މަސައްކަތަކަށެވެ. އަދި ކުންފުނީގެ ބްރޭންޑް ލޯގޯ އިފްތިތާޙް ކޮށްފައިވާއިރު، ބްރޭންޑުގެ އަސްލެއް ކަމުގައި ބަލާފައި ވަނީ ރައްޔިތުން ދެކޭ ހުވަފެންތައް ހަޤީގަތަކަށް ހަދާ ދޭނެ ބައިވެރިއަކީ "އަރބަންކޯ" ކަމުގައިކަމަށް އެކޯރޕަރޭޝަނުން ވިދާޅުވެއެވެ.
އެޗްޑީސީން މިއަދު ވަނީ ކުންފުނީގެ އައު މޮބައިލް އެޕްލިކޭޝަން، އަރބަންކޯ އެޕްވެސް ލޯންޗްކޮށްފައެވެ. ކުންފުނިން ދޭ ހުރިހާ ޙިދުމަތެއް ފަސޭހަކަމާއެކު އެއްތަނަކުން ހޯދޭނެ މަގު މި އެޕްލިކޭޝަން މެދުވެރިކޮށް ފަހިވެގެންދާނެއެވެ.
އެޗް.ޑީ.ސީ ވުޖޫދުވެގެން އައީ މާލޭ ސަރަޙައްދުގެ ތޮށްޖެހުން ކުޑަކޮށް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ އުއްމީދާއިއެކު 2001 ވަނަ އަހަރު ރައީސް އޮފީހުގައި ހެދުނު ވަކި ޔުނިޓަކުންނެވެ. ފަހުން އެކުންފުނީގެ ނަން ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށްވެސް ބަދަލުކުރިއެެވެ. އަދި މިހާރު ބޭނުންވާ ކުރާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމަށް ބަދަލުކުރީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ.
ކިޔުންތެރިންގެ ހިޔާލު