ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަރަށް ކެތްކުރައްވައިފިކަމަށާާއި ނަމަވެސް ދެން އެމަނިކުފާނު ވަޑައިގަންނަވާނީ ބާރަށް ކުރިއަށްކަމަށް ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ސަމީރު މިހެން ވިދާޅުވެފައިވަނީ ސަރުކާރު ހިންގުމުގެ ތެރެއިން ބޮޑެތި ބަދަލުތަކެއްގެ ގެންނަމުންދާ ދަނޑިވަޅެއްގައެވެ. މި ބަދަލުތަކަކީ މީގެކުރިން ރައީސް ސާލިހު ގެންނަވާނެކަމަަށް އެއްވެސް ބަޔަކު ލަފާކޮށްގެން ތިބި ބަދަލުތަކެއް ނޫނެވެ.

ސަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާނަކު ކެތްކުރާނެ އެންމެ މަތީ ދަރަޖައަކަށް ރައީސް ސާލިހު ކެތްކުރެއްވިކަމަށެވެ. އަދި އެތެރެއާއި ބޭރުންވެސް އިންތިހާއަށް ރައީސް ސާލިހު ދޫ ދެއްވިކަންވެސް ސަމީރު ފާހަގަކުރެއްވިއެެވެ.

ސަމީރު ވިދާޅުވީ މީގެކުރިން ދޫދެއްވިނަމަވެސް ރައީސް ސާލިހު ދެންވަޑައިގަންނަވާނީ ބާރަށް ކުރިއަށްކަމަށެވެ. އަދި ހަމަޖެހުން ނަގާލަން ފުރުސަތެއް ނުދެއްވާނެކަމަށްވެސް ސަމީރު ވިދާޅުވިއެެވެ.

"އިންސާނަކު ކެއްކުރާނެ އެންމެ މަތީ ދަރަޖައަށް ރައީސް ސޯލިހް ކެއްކުރައްވައި އެތެރެއާއި ބޭރުންވެސް އިންތިހާއަށް ދޫދެއްވި،އެހެނަސް ދެންވަޑައިގަންނަވާނީ ބާރަށް ކުރިއަށް,ހަމަޖެހުން ނަގާލަން ފުރުސަތެއް ނެތް" ސަމީރު ވިދާޅުވިއެވެ.

ސަމީރުގެ ވާހަކަފުޅުގައި އެ އިޝާރާތް ކުރައްވަނީ ސަރުކާރުގެ މަގާމުތަކެއްގައި ތިއްބެވި އެމްޑީޕީގެ ބާރުގަދަ މެމްބަރުންތަކެއް ސަރުކާރުގެ ވަޒީފާތަކުން ވަކިކުރެއްވި، ކުރެއްވުމަށެވެ. އެގޮތުން ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި މުހައްމަދު ޝިފާޒު އާއި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނެވި ހުސައިން އަމްރު ވަނީ އެ ބޭފުޅުން އަދާކުރައްވަމުން ގެންދިޔަ ސަރުކާރުގެ ވަޒީފާތަކުން ވަކިކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު