ސިޓީ ކައުންސިލުން ހުއްދަނެތި ޔޫތު މިނިސްޓްރީގެ ސާމާނުތަކެއް ގެންގޮސްފައިވާކަމަށް ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް ވިދާޅުވީ ‏ޔޫތު މިނިސްޓްރީގެ ބިމެއްގެ ތެރެއަށް ވަދެ އެތަނުގައި ހުރި ގުދަނުގެ ތަޅުހަލާކުކޮށްލާ، ގުދަންކޮށްފައި ހުރި އަގުބޮޑު ސާމާނުތައް ގެންގޮސްފައިކަމަށެވެ.



މަހްލޫފް ވަނީ އެކަން ވަގުތުން ހުއްޓާލުމަށް ސިޓީ ކައުންސިލަށް ގޮވާލާފައެވެ. އަދި ގެއްލޭ ތަކެއްޗާއި ގެއްލުން ލިބޭ ތަކެއްޗަށް ޒިންމާ އުފުލަންވާނެކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ވަނީ ހުއްދަނެތި ޔޫތު މިނިސްޓްރީގެ ސާމާނުތަކެއް ގެންގޮސްފައިކަމަށް ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވިނަމަވެސް ސިޓީ ކައުންސިލުން އެކަމާއި ގުޅޭގޮތުން ވާހަކައެއް ނުދައްކައެވެ.



ކިޔުންތެރިންގެ ހިޔާލު