ވެރިޔަކު ވެރިކަން ކުރިކަން ރައްޔިތުންނަށް އިހުސާސްވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ދައުރުގައިކަމަށް ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.
ރާޝިދު މިހެން ވިދާޅުވެފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ފޯރިގަދަވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އިންތިހާބަށް ތައްޔާރުވަމުންދާ ކޮންމެ ބަޔަކުވެސް ދަނީ އެ ބަޔަކަށް ވޯޓްދޭންޖެހޭ ސަބަބުތައް ހާމަކުރަމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދުކުރައްވާ ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު މިރޭ ވަނީ ރައީސް ސާލިހު ދެވަނަ ދައުރަކަށް އިންތިހާބުކުރަންޖެހޭ ބައެއް ސަބަބުތައް ވިދާޅުވެފައެވެ.
ރާޝިދު ވިދާޅުވީ އެތައް ސަތޭކަ އަހަރެއްވީ މި ކުޑަ ޤައުމުގައި ވެރިއަކު ވެރިކަން ކުރިކަން ރައްޔިތުންނަށް އިހުސާސްވި ހަމައެކަނި ދައުރަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މި ދައުރުކަމަށެވެ.
ރާޝިދު ވިދާޅުވީ ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ މުޅި ރާއްޖެ ތަރައްޤީ ކުރާތީ އެކަން ހަޖަމް ނުވެގެން ބަޔަކު މަރުފަލި ޖަހަމުންދާކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އިތުރުން ރާއްޖޭގެ ބޮޑެތި ޕާޓީތަކުގެ ތެރެއިން އިންތިހާބުގައި ވާދަކުރާނެކަން އިޢުލާންކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕީޕީއެމްގެ ރައީސް، ރައީސް އަބްދު ﷲ ޔާމީނެވެ.
ކުދި ކުދި ޕާޓީތަކާއި އަމިއްލަ ބައެއް ކެނޑިޑޭޓުންވެސް ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައި ވެއެވެ. ނަމަވެސް ބޮޑެތި ޕާޓީތަކާއި ވާދަކޮށް އެ ބޭފުޅުންނަށް މާބޮޑު ތަފާތެއް ދެއްކޭނެކަމަކަށް ނުބެލެވެއެވެ.

އެތައްސަތޭކަ އަހަރެއްވި މި ކުޑަ ޤައުމުގައި ވެރިއަކު ވެރިކަން ކުރިކަން ރައްޔަތުންނަށް އިހުސާސްވި ހަމައެކަނި ދައުރަކީ ރައީސް އިބޫގެ ދައުރު! ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ މުޅި ރާއްޖެ ތަރައްޤީ ކުރާތީ މިކަން ހަޖަމް ނުވެގެން ބަޔަކު މަރުފަލި ޖަހާނެ ކަމެއް ނެތް! #MDPKuriah #Ibu2023 pic.twitter.com/BzWUZ9q6ns
— Mohamed Rashid (@Rashid141221) March 31, 2023
ރާޝިދު ވިދާޅުވީ ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ މުޅި ރާއްޖެ ތަރައްޤީ ކުރާތީ އެކަން ހަޖަމް ނުވެގެން ބަޔަކު މަރުފަލި ޖަހަމުންދާކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އިތުރުން ރާއްޖޭގެ ބޮޑެތި ޕާޓީތަކުގެ ތެރެއިން އިންތިހާބުގައި ވާދަކުރާނެކަން އިޢުލާންކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕީޕީއެމްގެ ރައީސް، ރައީސް އަބްދު ﷲ ޔާމީނެވެ.
ކުދި ކުދި ޕާޓީތަކާއި އަމިއްލަ ބައެއް ކެނޑިޑޭޓުންވެސް ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައި ވެއެވެ. ނަމަވެސް ބޮޑެތި ޕާޓީތަކާއި ވާދަކޮށް އެ ބޭފުޅުންނަށް މާބޮޑު ތަފާތެއް ދެއްކޭނެކަމަކަށް ނުބެލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު