ބަންގްލަދޭޝްގައި މަތީ ތައުލީމް ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް ދިގު މުއްދަތުގެ ވިސާ ދޭން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ދިވެހި ދަރިވަރުންނަށް ދިގު މުއްދަތުގެ ވިސާ ދޭން ބަންގްލަދޭޝް ސަރުކާރުން ނިންމިކަން ހާމަކުރެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައެެވެ.
ޝާހިދުގެ ޓްވީޓްގައި ވަނީ ބަންގްލަދޭޝްގައި މަތީ ތައުލީމް ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް ދިގު މުއްދަތުގެ ވިސާ ދޭން އެ ގައުމުން ނިންމާފައިވާތީ އެ ޤައުމުގެ ސަރުކާރާއި ހާރިޖީ ވަޒީރަށް ޝުކުރު ދަންނަވާފައެވެ.
ބަންގްލަދޭޝްގައި މަތީ ތައުލީމް ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް ދިގު މުއްދަތުގެ ވިސާ ދޭން އެ ގައުމުން ނިންމާފައި މިވަނީ ރައީސް އިބްރާހިިމް މުހައްމަދު ސޯލިހް މިކަމަށް އެދިވަޑައިގެންފައިވަނިކޮށްކަން ފާހަަގަކޮށްލެވެއެވެ.
ބަންގްލަދޭޝްގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ކިޔަމުންދާއިރު، އޭގެތެރެއިން ގިނަ ކުދިންނަކީ މެޑިސިން ނުވަތަ ޑޮކްޓަރީކަމުގެ ދާއިރާއިން ދިގު މުއްދަތުގެ ކޯސްތައް ހަދަމުންދާ ދަރިވަރުންކަން ފާހަގަކޮށްލެވެއެވެ.

I am extremely thankful to the Government of #Bangladesh and my dear brother, Foreign Minister Dr. A K Abdul Momen, for facilitating long-term visas for Maldivian students.
— Abdulla Shahid (@abdulla_shahid) March 31, 2023
🇲🇻 🇧🇩 @BDMOFA
ބަންގްލަދޭޝްގައި މަތީ ތައުލީމް ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް ދިގު މުއްދަތުގެ ވިސާ ދޭން އެ ގައުމުން ނިންމާފައި މިވަނީ ރައީސް އިބްރާހިިމް މުހައްމަދު ސޯލިހް މިކަމަށް އެދިވަޑައިގެންފައިވަނިކޮށްކަން ފާހަަގަކޮށްލެވެއެވެ.
ބަންގްލަދޭޝްގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ކިޔަމުންދާއިރު، އޭގެތެރެއިން ގިނަ ކުދިންނަކީ މެޑިސިން ނުވަތަ ޑޮކްޓަރީކަމުގެ ދާއިރާއިން ދިގު މުއްދަތުގެ ކޯސްތައް ހަދަމުންދާ ދަރިވަރުންކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު