ދައުލަތަށް މިއަހަރުގެ މިހާތަނަށް 7.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ހަރަދުތައް 9 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވަނީ 7.1 ބިލިއަން ރުފިޔާއެވެ. އޭގެތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބުނު 5.7 ބިލިއަން ރުފިޔާއާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 1.4 މިލިއަން ރުފިޔާއެވެ. އަދި އެހީގެ ގޮތުގައި ލިބިފައިވަނީ 16 މިލިއަން ރުފިޔާއެވެ.

ޓެކްސް އާމްދަނީގެ ތަފްސީލަށް ބަލާލާއިރު އިމްޕޯޓް ޑިއުޓީގެ ގޮތުގައި 690 މިލިއަން ރުފިޔާ، ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 1.6 ބިލިއަން ރުފިިޔާ، ޖީއެސްޓީގެ ގޮތުގައި 3 ބިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 212 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ދައުލަތުގެ ހަރަދުތަކަށް 9.2 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ހަރަދަށް 6.1 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދަށް 3 ބިލިއަން ރުފިޔާއެވެ.

ދައުލަތުގެ ހަރަދުތަކުގެ ތަފްސީލަށް ބަލާލާއިރު މުސާރައާއި އިނާޔަތް ދިނުމަށް 2 ބިލިއަން ރުފިޔާ، އަދި އިދާރީ ހިންގުމަށް 4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން