އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެ އަހަރަށްފަހު ޔޫޓިއުބް އަދި ފޭސްބުކަށް ޓްރަމްޕް އެނބުރި އައިކަން ދައްކާލައިފިއެވެ.

ޔޫޓިއުބް އަދި ފޭސްބުކުން ޓްރަމްޕްގެ އެކައުންޓް ސަސްޕެންޑްކޮށްފައި އޮތް އޮތުން އުވާލުމާއިއެކު، އޭނާ އަލުން އެނބުރި ޔޫޓިއުބް އަދި ފޭސްބުކް ބޭނުން ކުރަން ފަށާފައި ވަނީ ހުކުރު ދުވަހުއެވެ. އެގޮތުން ޓްރަމްޕް ވަނީ 'އައި އެމް ބެކް' ޖައްސަވައި ވީޑިއޯއެއް ހިއްސާ ކުރައްވާ، އޭނާ އަލުން ޔޫޓިއުބް އަދި ފޭސްބުކް ބޭނުން ކުރަން ފެށިކަން އަންގައިދީފައެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޭސް ބުކް އަދި ޔޫޓިއުބްގެ އެކައުންޓްތައް ބޭނުން ނުކުރެވޭގޮތަށް ހަދައިފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އެ މީސްމީޑިޔާ އެޕްތައް ހިންގާ ކުންފުނި ތަކުން ޓްރަމްޕްގެ އެކައުންޓްތައް ސަސްޕެންޑްކޮށްފައިވަނީ 2020 ވަނަ އަހަރު އެމެރިކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރަށްވައި ގައުމުގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދެއްވައި ކުރެއްވި މެސެޖްތަކުގެ މައްސަލައިގައެވެ.

އެމައްސަލައިގައި ފޭސް ބުކް އަދި ޔޫޓިއުބްގެ އިތުރުން ޓްވިޓަރ އަދި އިންސްޓަގްރާމުންވެސް ވަނީ ޓްރަމްޕްގެ އެކައުންޓްތައް ބޭނުން ނުކުރެވޭނެހެން ސަސްޕެންޑްކޮށްފައެވެ.

ޔޫޓިއުބް ހިންގާ ކުންފުނި އަލްފަބެޓް އިންކުން ޓްރަމްޕްގެ ޔޫޓިއުބް އެކައުންޓުގެ ސަސްޕެންޝަން އުވާލައިފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އަދި ފޭސްބުކް އާއި އިންސްޓަގްރާމް ހިންގާ މެޓަ ޕްލެޓްފޯމުން ޓްރަމްޕްގެ އެކައުންޓުތަކުގެ ސަސްޕެންޝަން އުވާލައިފައިވަނީ މިއަހަރުގެ ކުރީކޮޅުއެވެ.

ޓްވިޓާއިން ޓްރަމްޕްގެ އެކައުންޓުގެ ސަސްޕެންޝަން އުވާލައިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން