އެސްޓީއޯއިން ފިޔާ އަލުވި އަދި ބިސް ވިއްކާއަގު އިތުރަށް ހެޔޮކޮށްފިއެވެ.
އެސްޓީއޯއިން ބުނީ އެކުންފުނިން ފިޔާ އަލުވި އަދި ބިސް ވިއްކާ އަގުން ފަސް އިންސައްތަ ހެޔޮ ކޮށްފައިވާ ކަމަށެވެ.
އެގޮތުން މީގެކުރިން 170 ރުފިޔާއަށް ވިއްކި ފިޔާ ބަސްތާއެއް މިހާރު ވަނީ 160 ރުފިޔާއަށް ހެޔޮކޮށްފައެވެ. އަލުވި ބަސްތާއެއް ކުރިން 250 ރުފިޔާ އަށް ވިއްކާފައިވާއިރު މިހާރު އަލުވި ބަސްތާއެއް ވިއްކާއަގު ވަނީ 240 ރުފިޔާއަށް ހެޔޮކޮށްފައެވެ. އޭގެ އިތުރުން ބިސް ކޭހެއް ވިއްކާ އަގު ވެސް މިހާރު ވަނީ 280 ރުފިޔާއަށް ބަދަލުކޮށްފައެވެ.
އެސްޓީއޯ އިން ބުނީ އެކުންފުނިން ހޯލްސޭލް އަގުތައް އިތުރަށް ހެޔޮ ކުރީ ކަސްޓަމަރުންނަށް ވީހާވެސް އަގުހެޔޮކޮށް މި އައިޓަމްތައް ފޯރުކޮށް ދިނުމަށް ކަމަށެވެ.
ތަކެތީގެ އަގު އުފުލުނަ ނުދިނުމަށް ކޮންމެ އަހަރެއްގެވެސް ރޯދަމަހާ ދިމާކޮށް އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިސް އަގުހެޔޮކޮށް ބާޒާރަށް ނެރެއެވެ.
ފިޔާ، އަލުވި އަދި ބިހުގެ އަގު ކޮންޓްރޯލްކޮށް، އެތަކެތި ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅައި އަގުބޮޑުކޮށް ވިއްކާ ފަރާތްތައް ބޮޑު އަދަދުތަކުން ޖޫރިމަނާ ކުރަން އިކޮނޮމިކް ޑިވެލޮޕްމަންޓުން މިނިސްޓްރީން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު