ދަރުމަވަންތަ ހޮސްޕިޓަލްގެ ފެނުގެ ސިސްޓަމަށް މައްސަލަ ދިމާވެ، ލެބޯޓަރީ ހިދުމަތް މެދުކެނޑިއްޖެއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުން ބުނީ ފެނުގެ ސިސްޓަމަށް ދިމާވި މައްސަލައަކާއި ގުޅިގެން، ލެބޯޓަރީގެ ޚިދުމަތް ވަގުތީ ގޮތުން ހުއްޓާލާފައިވާކަމަށެވެ. އަދި މިކަން ހައްލުކުރެވުނުހާ އަވަހަކަށް އެކަން އިއުލާނު ކުރާނެކަމަށާއި މިކަމުން ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދޭކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ.
ލެބޯޓަރީން ޓެސްޓުތައް ހެދުން މެދުކެނޑުނު ނަމަވެސް، މިވަގުތު އެޑްމިޓްކޮށްފައިވާ ފަރާތްތަކުގެ ޓެސްޓުތައް ހުޅުމާލެއަށް ފޮނުވައިގެން ހަދަން ނިންމާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ ފެނުގެ ސިސްޓަމަށް ދިމާވި މައްސަލައަކާއި ގުޅިގެން، ލެބޯޓަރީގެ ޙިދުމަތް ވަގުތީ ގޮތުން ވަނީ ހުއްޓާލެވިފައިއެވެ. މިކަން ހައްލުކުރެވުނުހާ އަވަހަކަށް އިއުލާނު ކުރާނެވާހަކަ ދެންނެވީމެވެ. މިކަމުން ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދެމެވެ.
— IGMH (@igmhmv) March 9, 2023
ލެބޯޓަރީން ޓެސްޓުތައް ހެދުން މެދުކެނޑުނު ނަމަވެސް، މިވަގުތު އެޑްމިޓްކޮށްފައިވާ ފަރާތްތަކުގެ ޓެސްޓުތައް ހުޅުމާލެއަށް ފޮނުވައިގެން ހަދަން ނިންމާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު