މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 301658 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 27.9 އިންސައްތަ އިތުރު އަދަދެކެވެ. ނުވަތަ 235850 ފަތުރުވެރިންގެ އިތުރުވުމެކެވެ.
ފަތުރުވެރިންގެ އަދަދުތަކަށް ބަލާލާއިރު ޖެނުއަރީމަހު ރާއްޖެއަށް ވަނީ 172499 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި މިމަހު މިހާތަނަށް 129159 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5915 ފަތުރުވެރިން އާދެއެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކަކީ ރަޝިޔާ، އިންޑިއާ އަދި އިނގިރޭސިވިލާތެވެ. އެގޮތުން ރަޝިއާއިން 38539 ފަތުރުވެރިން، އިންޑިއާއިން 33001 ފަތުރުވެރިން އަދި އިނގިރޭސިވިލާތުން 28307 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މިދިޔަ އަހަރު ރާއްޖެއަށް 1.6 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއަހަރަށް ސަރުކާރުން އަމާޒުހިފާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.

ކިޔުންތެރިންގެ ހިޔާލު