ދިވެހި ގައުމުގެ މަތިވެރި އަބުތާލުން ދެއްކި މަތިވެރި މަގުން ކުރިއަށްދިއުމުގައި އެކަކު އަނެކަކަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި އެކަކުއަނެކެއްގެ އަތުގައި ހިފައިގެން އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށްދާންޖެހޭ ކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޝަހީދުންގެ ދުވަސް ފާހަގަކުރުމަށް ބ. ތުޅާދޫގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިޔާތުގައި ވާހަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ، ޝަޙީދުންގެ ސަބަބުން ގައުމުގައި ގައުމިޔަތު އާލާވާކަމަށެވެ. އެފަދަ ކަންކަމުންނާއި ހާދިސާތަކުން އިބްރަތް ހާސިލްކުރަން ޖެހޭކަމަށް ޝާހިދު ވިދާޅުވިއެެވެ.
ޝާހިދު ވިދާޅުވީ އަޅުގަނޑުމެން ދަސްކުރަންވީ ދިވެހި ރައްޔިތަކަށްވީތީ ރާއްޖެއަށް ކުރިމަތިވަމުންދާ މިފަދަ ނުރައްކާތެރި ހާދިސާތަކުގައި ޝަހީދުވާ އަބްތާލުންގެ ޒިކުރާ އާކޮށް، ފަހުރުވެރިވާންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޝަހީދެއްގެ ހަށިގަނޑުން ބިމަށްޖަހާ ލޭތިއްކަކީ ގައުމިއްޔަތު އުފެދި އާރާސްތުކޮށްދޭނެ ގަހެއްކަމަށެެވެ.
"ޝަހީދުންގެ ދުވަސް" ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޝަޢުބާންމަހުގެ އެއްވަނަ ދުވަހުއެވެ. އެދުވަސް ފާހަގަކުރަނީ ދިވެހި ޤައުމާއި މިނިވަންކަން ދިފާޢުކޮށް މާތްވެގެންވާ އިސްލާމްދީނުގެ ޙައްޤުގައި ހަނގުރާމަކުރައްވާ ޝަހީދުވެވަޑައިގެންނެވި ހިތްވަރުގަދަ ދިވެހި ބަޠަލް އައްސުލްޠާން ޢަލީ 6 ވަނަ ސިރީ އައުދަ ސިޔާކަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ އަލިރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހާއި ގުޅުވައިގެންނެވެެ.
އެމަނިކުފާނު ޝަހީދުވެވަޑައިގަތީ ހިޖްރީ ސަނަތުން ނުވަސަތޭކަ ފަސްދޮޅަސް ފަސްވަނަ އަހަރުގެ ޝަޢުބާންމަހުގެ އެއްވަނަ ދުވަހު ރާއްޖޭގެ މައްޗަށް ވެރިވެގަތުމަށް އައި ޕޯޗުގީޒް މީހުންނާއި ހަނގުރާމަ ކުރައްވަން މާލޭގެ ހުޅަނގުފަރާތު އަތިރިމަތީގައި ހުންނަވަނިކޮށެވެ.

ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން. ބ.ތުޅާދޫގައި ކުރިއަށްގެންދާ ޖަލްސާ ޝަރަފްވެރިކޮށްދެއްވަނީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުالله ޝާހިދު. pic.twitter.com/sWxhXYOwy0
— Home Ministry, MV (@HomeMinistrymv) February 21, 2023
"ޝަހީދުންގެ ދުވަސް" ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޝަޢުބާންމަހުގެ އެއްވަނަ ދުވަހުއެވެ. އެދުވަސް ފާހަގަކުރަނީ ދިވެހި ޤައުމާއި މިނިވަންކަން ދިފާޢުކޮށް މާތްވެގެންވާ އިސްލާމްދީނުގެ ޙައްޤުގައި ހަނގުރާމަކުރައްވާ ޝަހީދުވެވަޑައިގެންނެވި ހިތްވަރުގަދަ ދިވެހި ބަޠަލް އައްސުލްޠާން ޢަލީ 6 ވަނަ ސިރީ އައުދަ ސިޔާކަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ އަލިރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހާއި ގުޅުވައިގެންނެވެެ.
އެމަނިކުފާނު ޝަހީދުވެވަޑައިގަތީ ހިޖްރީ ސަނަތުން ނުވަސަތޭކަ ފަސްދޮޅަސް ފަސްވަނަ އަހަރުގެ ޝަޢުބާންމަހުގެ އެއްވަނަ ދުވަހު ރާއްޖޭގެ މައްޗަށް ވެރިވެގަތުމަށް އައި ޕޯޗުގީޒް މީހުންނާއި ހަނގުރާމަ ކުރައްވަން މާލޭގެ ހުޅަނގުފަރާތު އަތިރިމަތީގައި ހުންނަވަނިކޮށެވެ.
ކިޔުންތެރިންގެ ހިޔާލު