ރާއްޖޭގައި ތިބި ދާއިމީ އެކި ބަލިތަކަށް ބޭސްކާ ފަރާތްތަކަށް ‏ބޭނުންވާ ބޭސް އެސްޓީއޯގެ ބޭސް ފިހާރަތަކުން ލިބެން ނުހުންނަކަމަށް ބުނެ ފަތުރަނީ ހަގީގަތާއި ހިލާފު ވާހަކައެއްކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯއިން މިއަދު ބުނީ، ​ހަކުރުބައްޔާއި ހިތުގެ ބަލިތަކަށް ދާއިމީކޮށް ބޭނުންކުރާ އާންމު ބޭސްތައް އެސްޓީއޯއިން މިވަގުތުވެސް ލިބެން އެބަހުރި ކަމަށެވެ.

އަދި އުމްރާއަށް ވަޑައިގަންނަވާ ބޭފުޅުން ޖައްސަވާ ވެކްސިނެއް ވެސް ލިބެން ނުހުންނަކަމަށް ބުނެ ފަތުރާ ވާހަކަ އެސްޓީއޯއިން މިއަދުވަނީ ދޮގު ކޮށްފައެވެ.

އެސްޓީއޯއިން ބުނީ، މެނިންޖައިޓިސް ވެކްސިންގެ ސްޓޮކެއް އިއްޔެ ވަނީ ހެލްތު މިނިސްޓްރީއާ ހަވާލު ކޮށްފައި ކަމަށެވެ. މީގެ އިތުރުން، އިތުރު ސްޓޮކެއް ބުރާސްފަތި ދުވަހު ލިބޭނެ ކަމަށް ވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު