ބީއެމްއެލްގެ ސަބަބުން ގެއްލުނު ލިބުނު ފަރާތްތަކަށް ސަރުކާރުން ބަދަލު ދޭންޖެހޭކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީން ބުނެފިއެވެ.
އެމްއެންޕީން މިހެން ބުނެފައި މިވަނީ ބީއެމްއެލްގައި ހުޅުވާފައި ހުންނަ އެކައުންޓްތަކުން ފައިސާ ގެއްލޭކަމަށް ބުނާ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނީ ދީވެހި ރައްޔިތުންެގެ ގިނަ ބަޔަކު ބީއެމްއެލްގައި ހުޅުވާފައި ހުންނަ އެކައުންޓުތަކުން ގިނަ އަދަދަކަށް ފައިސާ މަދުވަމުންދާކަމަށް ބުނެ ގިނަ އަދަދެއްގެ ރައްޔިތުން އުފުލަމުންދާ ޝަކުވާއަށް މިހާތަނަށް ބެންކް އޮފް މޯލްޑިވްސްއާއި ކަމާއިބެހޭ ފަރާތްތަކުން އެކަށީގެންވާ ޖަވާބެއް ދެއްވާފައި ނުވާކަމަށެވެ. އަދި އެއީ ކަންބޮޑުވުންވާންޖެހޭ ކަމެއްކަމަށްވެސް އެމްއެންޕީން ބުނެއެވެ.
އެމްއެންޕީން ބުނީ ރޯދަމަސް ބޯމަތިވެފައި ވަނިކޮށް ރައްޔިތުންގެ ގިނަ ބައެއްގެ އެކައުންޓުތަކުން މިގޮތަށް ފައިސާ ގެއްލުމަކީ އެ ފަރާތްތަކަށް ބޮޑެތި ދަތިތައް ކުރިމަތިވާނެކަމެއްކަމަށެވެ.
އެމްއެންޕީގެ ބަޔާނުގައި، ޝައްކުވާ މުއާމަލާތްތަކާއި، އެކަން ހިނގާފައި ހުރި ގޮތް ބަލައި، ފައިސާ ލިބެންޖެހޭ ފަރާތްތަކަށް، ފައިސާ އަވަހަށް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ގޮވާލާފައި ވެސް ވެއެވެ.
"އެކައުންޓުތަކުގެ ފައިސާގެ ޓްރާންސެކްޝަންތަކަކީ ބޭންކަށް އެނގޭނެ މައުލޫމާތުތަކަށްވާތީ، ޝައްކުވާ މުއާމަލާތްތަކުގެ އަސްލަށް ވާސިލުވުމަކީ އުނދަގޫކަމަކަށް ވާނެކަމަށް ނުބެލެވޭ." އެމްއެންޕީގެ ބަޔާނުގައިވެއެވެ.
އެމްއެންޕީން ވަނީ ސަރުކާރުން މި މައްސަލަތަކަށް ހާއްސަ އަހަމިއްޔަތުކަމެއް ދެއްވައިގެން ބައްލަވާ، ގެއްލުން ލިބުނު ފަރާތްތަކަށް ހައްގު ބަދަލު ދިނުމަށް ގޮވާލާފައެވެ. އަދި މި މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާކަމަށްވެސް އެމްއެންޕީން ބުނެއެވެ.

ނޫސްބަޔާން: ބޭންކު އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުތަކުން ފައިސާ ގެއްލިގެން ދިވެހިންގެ ގިނަ ބަޔަކު އުފުލަމުންދާ ޝަކުވާއާ ގުޅިގެން މޯލްޑިވްސް ނެޝަނަލް ޕާޓީ އިން ނެރޭ ނޫސް ބަޔާންhttps://t.co/puLs93SKuB pic.twitter.com/jIASsDLpxl
— Maldives National Party (@MNP_Secretariat) February 20, 2023
އެމްއެންޕީގެ ބަޔާނުގައި، ޝައްކުވާ މުއާމަލާތްތަކާއި، އެކަން ހިނގާފައި ހުރި ގޮތް ބަލައި، ފައިސާ ލިބެންޖެހޭ ފަރާތްތަކަށް، ފައިސާ އަވަހަށް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ގޮވާލާފައި ވެސް ވެއެވެ.
"އެކައުންޓުތަކުގެ ފައިސާގެ ޓްރާންސެކްޝަންތަކަކީ ބޭންކަށް އެނގޭނެ މައުލޫމާތުތަކަށްވާތީ، ޝައްކުވާ މުއާމަލާތްތަކުގެ އަސްލަށް ވާސިލުވުމަކީ އުނދަގޫކަމަކަށް ވާނެކަމަށް ނުބެލެވޭ." އެމްއެންޕީގެ ބަޔާނުގައިވެއެވެ.
އެމްއެންޕީން ވަނީ ސަރުކާރުން މި މައްސަލަތަކަށް ހާއްސަ އަހަމިއްޔަތުކަމެއް ދެއްވައިގެން ބައްލަވާ، ގެއްލުން ލިބުނު ފަރާތްތަކަށް ހައްގު ބަދަލު ދިނުމަށް ގޮވާލާފައެވެ. އަދި މި މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާކަމަށްވެސް އެމްއެންޕީން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު