މިއަހަރުގެ މެދުތެރޭގައި އެންމެ ދެކުނުގެ އަތޮޅުތަކަށް އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް މިނިސްްޓަރ ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ އެންމެ ދެކުނުގެ 3 އަތޮޅުކަމަށްވާ ހުވަދޫ، އައްޑޫ އަދި ފުވައްމުލަކުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިއަހަރުގެ މެދު ތެރޭގައި އެ ހިދުމަތް އެ ސަރަހައްދުގައި ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޕްލޭންކޮށްފައި އޮތީ މިއަހަރުގެ ޖުލައިއާ ހިސާބަށް ސަދަން ރީޖަންގައި އެ މަސައްކަތް ފަށަން." އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މާޗުމަހުގެ ތެރޭގައި ލޯންޗްތައް ބަނުމުގެ މަސައްކަތް ފަށައި ދެކުނު ސަރަހައްދުގައި އާރުޓީއެލްގެ ހިދުމަތް ދޭން ބޭނުންވާ 10 އުޅަނދު ޖުލައިއާ ހަމައަށްދާއިރު ނިންމާލެވޭނެކަމަށެވެ.
ޤައުމީ ފެރީ ނިޒާމު،މ ނުވަތަ "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތް ފަށާފައިވަނީ ހުސްވި އަހަރުގެ ޖޫންމަހުގެ 12 ވަނަ ދުވަހުއެވެ. އަދި ބައެއް ސަރަހައްދުތަކުގައި މި ހިދުމަތް އަންނަނީ ގަވާއިދުން ފޯރުކޮށްދެމުންނެވެ.
އާރުޓީއެލްގެ ޚިދުމަތަކީ ދަތުރުފަތުރުގެ އަވަސް ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫޢެކެވެ. އެގޮތުން އާރުޓީއެލް ފެރީ ނިޒާމުގެ ދަށުން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތައް އެކި ރޫޓްތަކުން ގުޅާލެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު