އެމްޑީޕީއާއި ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރަން އެމްޑީޕީގެ ތެރެއިން މާބޮޑު އިދިކޮޅު ގްރޫޕެއް އުފެދިއްޖެކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ 2 ފެކްޝަނުގެ މެދުގައި ހިނގަމުން އަންނަ ސިޔާސީ ޚިޔާލުތަފާތުވުންތަކުގައި ވަރަށްބޮޑަށް ޕާޓީ ބައިބައިވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ޕާޓީގެ ތެރޭގައި ސަރުކާރާ ދެކޮޅަށް ފާޅުގައި މަސައްކަތްކުރާ ގްރޫޕެއް އުފެދިފައިވާކަން ފާހަގަކުރެވިފައިވާ ވެސް ދަނޑިވަޅެއްގައެވެ.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މިހާރު ފެންނަ މަންޒަރުތަކާއެކު ހިތާމައިގެ ކޮޅެއްވެސް ނެތްކަމަށެވެ.
ޝަރީފް ވިދާޅުވީ އެމްޑީޕީގެ ތެރެއިން އެހެން ހުރިހާ އިދިކޮޅު މީހުން ފަހަތަށް ޖައްސާލުމަށްފަހު މާ ބޮޑު އިދިކޮޅު ގްރޫޕެއް އުފެދިއްޖެކަމަށެވެ.
އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އުފެދިފައިވާއިރު އެކަމާއި ގުޅިގެން ޕާޓީގެ ބައެއް މެމްބަރުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސާލީހަށް އަރުވާފައިވާއިރު، ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުންދަނީ ރައީސް ސާލީހަށް ތާއީދުނުކުރާނެކަމަށެވެ. އަދި ފިކުރެއްގެ ދިރުމުގެ ނަމުގައި ރައީސް ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުން ދަނީ ވަކި ހަރަކާތްތަކެއް ޕާޓީގެ ތެރޭގައި ހިންގަމުންނެވެ.

Hithaamaige kolheh ves. MDP ge therein eheh hurihaa idhikolhu meehun fahathah jassaalaafa maa bodu idhikolhu group eh ufedhijje
— Ibrahim Shareef (@AdduShareef) February 20, 2023
އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އުފެދިފައިވާއިރު އެކަމާއި ގުޅިގެން ޕާޓީގެ ބައެއް މެމްބަރުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސާލީހަށް އަރުވާފައިވާއިރު، ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުންދަނީ ރައީސް ސާލީހަށް ތާއީދުނުކުރާނެކަމަށެވެ. އަދި ފިކުރެއްގެ ދިރުމުގެ ނަމުގައި ރައީސް ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުން ދަނީ ވަކި ހަރަކާތްތަކެއް ޕާޓީގެ ތެރޭގައި ހިންގަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު