މާލޭގައި ނީލަން ފިހާރަ ހިންގާ ފަރާތްތަކާ މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.
ސިޓީ ކައުންސިލްގެ މައި އިދާރާގައި މިއަދު ހެދުނު ބޭއްވި މި ބައްދަލުކުރެއްވުމުގައި ނީލަން ފިހާރަ ހިންގާ ފަރާތްތަކުން އެ ފަރާތްތަކަށް ދިމާވާ ދަތި ކަންތައްތައް މޭޔަރަށް ހުށަހެޅިއެވެ. އެންމެ މުހިއްމުކަމެއްގެ ގޮތުގައި ފާހަގަކުރީ ދާދިފަހުން އެތަނުގައި އަލިފާން ރޯވުމުގެ ސަބަބުން މިވަގުތު މަސައްކަތްކުރާނެ ތަނެއް ނެތި ގެއްލުންވަމުންދާތީ ނީލަން މުދާ ވިއްކާނެ ތަނެއް ހަމަޖައްސަވައިދެއްވުމަށެވެ. މީގެއިތުރުން ނީލަން މުދާވިއްކާނެ ތަނެއް ތަރައްޤީކުރާނަމަ އެތަނުގައި ހުންނަންޖެހޭ ބައެއް ކަންކަމުގެ މަޝްވަރާއާއި ޚިޔާލުތައް ވެސް ހިއްސާކުރިއެވެ.
މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ނީލަން މުދާ ވިއްކަން ޚާއްޞަ ތަނެއް ހުންނަންޖެހޭކަމަށެވެ. އަދި އެކަމަށް އެންމެ އެކަށީގެންވާ ތަނަކީ އިންޑަސްޓްރިއަލް ވިލެޖްކަމުގައި ކައުންސިލަށް ގަބޫލުކުރެވޭތީއާއި އެތަނަކީ އެފަދަ ބޭނުންތަކަށް ހިއްކާފައިވާ ތަނަކަށްވާތީ އެތަނުން ބިން ހަމަޖެއްސުމަށް ސަރުކާރުގައި ދަންނަވާފައިވާކަމަށެވެ.
މިގޮތަށް ދެންނެވުމުން އެކަމަކީ ކައުންސިލުން ކުރަންޖެހޭކަމެއްކަމަށް ޖަވާބުދެއްވާފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ. އެހެންނަމަވެސް އެކަން ނުކުރެވިދަނީ އިންޑަސްޓްރިއަލް ވިލެޖް ބަލަހައްޓަނީ ކައުންސިލުން ނޫންކަމަށްވެފައި ޕްލޭނިންގް މިނިސްޓްރީގެ ފަރާތުންކަމަށްވެފައި އެ މުވައްސަސާއިން އެކަމަށް ހުއްދަދީފައިނުވާތީ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ 4 ވަނަ ދައުރުގެ ކައުންސިލް ހުވާކުރީއްސުރެ މިކަމަށް މަސައްކަތްކުރިކަމުގައިވިއަސް މިހާތަނަށް އަލިމަގެއް ފެނިފައިނުވާކަމަށެވެ. އެހެން ނަމަވެސް ނީލަން މުދާ ވިއްކާ ފަރާތްތަކުގެ އަޑުއައްސަވައި ހައްލެއް ގެނެސްދިނުމަށް މަސައްކަތް ކުރައްވާނެކަމަށް މޭޔަރު ވިދާޅުވިއެވެ.
ނީލަން މުދާ ވިއްކަމުން އައި ސަރަޙައްދުގައި ދާދިފަހުން ރޯވެ ނިލަން ފިހާރަތައް އަނދައި ހުލިވުމާގުޅިގެން މިވަގުތު ނީލަން މުދާ ވިއްކާނެތަނެއް އަދި ހަމަޖެހިފައިނުވެއެވެ.

މާލޭގައި ނީލަން ފިހާރަ ހިންގާ ފަރާތްތަކާއި ބޭއްވުނު ބައްދަލުވުުމުގެ ތެރެއިން. pic.twitter.com/wgM5lbIOUN
— Male' City Council (@MaleCitymv) February 21, 2023
މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ނީލަން މުދާ ވިއްކަން ޚާއްޞަ ތަނެއް ހުންނަންޖެހޭކަމަށެވެ. އަދި އެކަމަށް އެންމެ އެކަށީގެންވާ ތަނަކީ އިންޑަސްޓްރިއަލް ވިލެޖްކަމުގައި ކައުންސިލަށް ގަބޫލުކުރެވޭތީއާއި އެތަނަކީ އެފަދަ ބޭނުންތަކަށް ހިއްކާފައިވާ ތަނަކަށްވާތީ އެތަނުން ބިން ހަމަޖެއްސުމަށް ސަރުކާރުގައި ދަންނަވާފައިވާކަމަށެވެ.
މިގޮތަށް ދެންނެވުމުން އެކަމަކީ ކައުންސިލުން ކުރަންޖެހޭކަމެއްކަމަށް ޖަވާބުދެއްވާފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ. އެހެންނަމަވެސް އެކަން ނުކުރެވިދަނީ އިންޑަސްޓްރިއަލް ވިލެޖް ބަލަހައްޓަނީ ކައުންސިލުން ނޫންކަމަށްވެފައި ޕްލޭނިންގް މިނިސްޓްރީގެ ފަރާތުންކަމަށްވެފައި އެ މުވައްސަސާއިން އެކަމަށް ހުއްދަދީފައިނުވާތީ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ 4 ވަނަ ދައުރުގެ ކައުންސިލް ހުވާކުރީއްސުރެ މިކަމަށް މަސައްކަތްކުރިކަމުގައިވިއަސް މިހާތަނަށް އަލިމަގެއް ފެނިފައިނުވާކަމަށެވެ. އެހެން ނަމަވެސް ނީލަން މުދާ ވިއްކާ ފަރާތްތަކުގެ އަޑުއައްސަވައި ހައްލެއް ގެނެސްދިނުމަށް މަސައްކަތް ކުރައްވާނެކަމަށް މޭޔަރު ވިދާޅުވިއެވެ.
ނީލަން މުދާ ވިއްކަމުން އައި ސަރަޙައްދުގައި ދާދިފަހުން ރޯވެ ނިލަން ފިހާރަތައް އަނދައި ހުލިވުމާގުޅިގެން މިވަގުތު ނީލަން މުދާ ވިއްކާނެތަނެއް އަދި ހަމަޖެހިފައިނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު