ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއިއެކު ކުރިއަށް ދިޔުމާއިމެދު ގޮތެއް ނިންމުމުގެ ކުރިން އެމްޑީޕީއާއިއެކު މަޝްވަރާތައް ބާއްވަން އަދާލަތުން ނިންމައިފިއެވެ.
މިކަން ހާމަކޮށް އަދާލަތުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަދާލަތާއި ގުޅިގެން ސަރުކާރެއް އުފެއްދުމަށްޓަކައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙަށް ތާއީދު ކުރުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވާތީ އެކަމާ ގުޅޭގޮތުންް މިރޭ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާފައިވާނެ ކަމަށެވެ.
އެގޮތުން މި ހިނގާ ރިޔާސީ ދައުރުގައި، ވޭތުވެދިޔަ ދައުރުތަކާއި އަޅާބަލާއިރު ކުރެވުނު ފަހި ތަޖުރިބާއަށް ބަލައި ރައީސް ޞާލިޙަށް އަދާލަތުގެ ތާއީދު ދިނުމުގެ ކުރިން އެމްޑީޕީއާއިއެކު މަޝްވަރާ ކުރަން އެ ބައްދަލުވުމުން ވަނީ ނިންމާފައި ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
އަދާލަތުން މިގޮތަށް ނިންމާފައިވާއިރު، ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމުގެ ބާރު އެމްޑީޕީންވަނީ ރައީސް ޞާލިޙަށް ދީފައެވެ. އަދި ވެރިކަމަށް ވަޑައިގަންނަވަން ގަސްދުކުރައްވަނީ ކޯލިޝަނެއްގެ ތެރެއިން ކަމަށާއި އެއީ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންނެވުމަށް އެންމެ ފަހި ގޮތްކަމަށް ވެސް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު