ދައުލަތުގެ މާލީ ނިޒާމަށް މި ސަރުކާރުން ގެންނަ ބަދަލަކީ ދައުލަތުގެ މާލިއްޔާއިން ވައްކަން ކުރުން ހުއްޓުވުމަށް ގެންނަ ތާރިޚީ ބަދަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިން މިއަދު ވިދާޅުވެއްޖެއެވެ.
ސައުދު މިހެން ވިދާޅުވީ ދައުލަތުގެ މާލިއްޔަތު ގާނޫނަށް ގެންނަ އިސްލާހު ކޮމެޓީން ދިރާސާ ކުރުމަށްފަހު އެކުލަވާލި ރިޕޯޓުގެ ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަވަމުންނެވެެ. އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވީ، ސަރުކާރާއި ދައުލަތް ހިންގުމުގެ އެންމެ އިސްވެރިޔާ އަކީ ރައީސުލްޖުމުހޫރިއްޔާ ކަމަށްވާއިރު ދައުލަތުގެ މާލީ ނިޒާމްގެ ބާރުތައް ރައީސުލްޖުމުހޫރިއްޔާ ނަންގަވަންޖެހޭ ކަމަށެވެ.
ސައުދު ވިދާޅުވީ ދައުލަތުގެ ޚަރަދު ބަރަދު ހިނގާ ގޮތް އޮޑިޓްކުރުމަށްޓަކައި ދައުލަތުގެ އިންޓާނަލް އޮޑިޓްގެ ކޮންޓްރޯލްވެސް ރައީސްގެ އަތްޕުޅުގައި އޮންނަންޖެހޭ ކަމަށެވެ. ސައުދު ވިދާޅުވީ ރާއްޖެއަށް އަންނަންޖެހޭ ބަދަލަކީ އެއީ ކަމަށާއި، އެއީ ތާރިޚީ ބަދަލެއް ކަމަށެވެ. އަދި ދަރަންޏަށް ފައިސާ ނެގުމާއި ދިވެހި ދައުލަތުގެ މާލިއްޔަތުގެ އެންމެހައި ކަންކަން އިންތިޒާމްވާންޖެހޭނީ ރައީސްގެ ކޮންޓްރޯލް އޮންނަ ފަދަ ގޮތަކަށް ކަމަށް ސައުދު ވިދާޅުވިއެވެ.
ސައުދު ވަނީ އިދިކޮޅު ފަރާތްތަަކުން އެބަދަލާއި ދެކޮޅަށް ވާހަކަ ދައްކާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ސައުދު ވިދާޅުވީ އެބަދަލާއެކު ވައްކަމަށް ހުޅުވިފައި އޮތް ދޮރު ބަންދުވާނެ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން އެކަމާއި މެދު ހިތްހަމަނުޖެހި ވާހަކަ ދައްކަނީ އެހެންވެގެން ކަމަށް ސައުދު ވިދާޅުވިއެވެ.
" މިއަދު ޕީޕިއެމްގެ ކުރީގެ ވަޒީރު ކަން ކުރަށްވާފައި ތިއްބަވާ ބޭފުޅުންނަށް މި ބަދަލު ކަމަކު ނުދާނެ، އެއީ އެބޭފުޅުން ބޭނުންވަނީ ހަމަ ހިތުހުރިގޮތަކަށް ދައުލަތުގެ މާލިއްޔާގެ ތެރެއަށް އަތްބާނައިގެން ހަމަ ޚަޒާނާއިން ވައްކަން ކުރެވޭނެ ފަހި މާހާއުލެއް އޮންނަން އެބޭފުޅުން ބޭނުންވާނީ. އެހެންވީމަ އެ ދޮރު މި ބަންދުވަނީ. އެހެންވެގެން އެ ވާހަކަ ދައްކަނީ." ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި މަޖިލީހުގެ ގޮނޑި ގެެއްލުނު މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ސައުދު ވިދާޅުވިއެވެ.
މީގެ އިތުރުން ސައުދު ވިދާޅުވީ ވަޒީރުން ފުރިހަމަ ގޮތުގައި ތިބެ ވައްކަން ނުކުރެވޭ ނިޒާމަކަށް ބައްޓަން ކުރުމަށް ޕީޕިއެމުން ބޭނުންނުވާނެ ކަމަށެވެ. ދިވެހި ދައުލަތުގެ މާލީ ނިޒާމަށް ގެންނަ ހަރުދަނާ ސިޔާސަތަށް ޕީޕިއެމުން ވޯޓް ނުދޭނެ ކަމަށް ސައުދު ވިދާޅުވިއެވެ. އަދި އިންޓާނަލް އޮޑިޓް ކޮމެޓީއަކީ ވަޒީރު ކޮންޓްރޯލް ކުރާ އެެއްޗަކަށް ވާނަމަ ވަޒީރު ދާނީ ވައްކަން ކުރަމުން ކަމަށް ވެސް ސައުދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު