އދ. ހަންޏާމީދޫއަށް ފެނުގެ ހިދުމަތް ރަސްމީކޮށް މިއަދު ދޭން ފަށައިފިއެވެ.
ހަންޏާމީދޫގެ ފެނުގެ ހިދުމަތް މިއަދު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލަތީފާއި ހަންޏާމީދޫ ކައުންސިލްގެ ރައީސް މޫސާ ނާޒިމެވެ.
މިއަދު ފެށި މި ހިދުމަތާއިއެކު ފެނުގެ ހިދުމަތަށް އެދިފައިވާ ހަންޏާމީދޫގެ ހުރިހާ ގޭބީސީއަކާއި ވިޔަފާރިއަކަށް މިހާރު ފެނުގެ ހިދުމަތް ވަނީ ލިބެން ފަށާފައެވެ. އެގޮތުން، އެ ރަށުގައި މިވަގުތު ޖުމުލަ 170 ކަނެކްޝަނަކަށް ހިދުމަތް ދޭން ފަށާފައިވާކަމަށް ސްޓެލްކޯއިން މިއަދު ވަނީ ބުނެފައެވެ.
މީގެ އިތުރުން، މިހާރު ފެނުގެ ހިދުމަތަށް އެދިފައިވާ ފަރާތްތަކާއި، މި މަހުގެ ނިޔަލަށް ފެނުގެ ހިދުމަތަށް އެދޭ ފަރާތްތަކަށް އެއް ޓަނުގެ ފެން ހިލޭ ދިނުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މި މަސައްކަތަކީ ސަރުކާރުން ސްޓެލްކޯއާއި 2021 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ހަވާލުކުރި މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު