އިދިކޮޅު ފަރާތްތަކުން މިހާރު ކުރިއަށް ގެންދާ މުޒާހަރާގެ ބައިވެރިންގެ އަމަލުތައް ހުރީ އާންމުންނަށް އުނދަގޫވާ ފަދަ ގޮތަކަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމުން ބުނެފި އެވެ.
އެޗްއާރުސީއެމުން މިހެން ބުނީ މާލެއާއި އަތޮޅުތެރޭގައި އިދިކޮޅުން ކުރިއަށް ގެންގޮސްފައިވާ 49 ހަރަކާތެއް މޮނީޓާ ކުރުމަށްފަހު މިއަދު ނެރުނު ނޫސްބަޔާނެއްގައެެވެ.
އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުލްޙަވެރިކަމާއެކީ އެއްވެ އުޅުމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީއިން ކޮންމެ މީހަކަށް ލިބިދޭ ހައްޤެއް ކަމަށާއި އެހެން ނަމަވެސް، މުޒާހަރާގެ ބައިވެރިންގެ ފަރާތުންވެސް އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ ޚިލާފުވާ ފަދަ ކަންކަން ފާހަގަވެފައިވާ ކަމަށެވެ.
އެގޮތުން މަގުމަތީގެ އަދަބުތަކާ ޚިލާފުވާ ގޮތަށް ނުވަތަ އާންމުންނަށް އުނދަގޫވާ ފަދަ ގޮތަށް ޓްރެފިކް ބްލޮކް ކުރުމާއި ބޭ އަދަބީ ބަސްތަކާއި ޝިއާރުތައް ބޭނުން ކުރުމާއި ފުލުހުންގެ މަސައްކަތަށް ހުރަސްއެޅޭ ފަދަ ގޮތްގޮތަށް މުޒާހަރާގެ ބައިވެރިންގެ އަމަލުތައް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި މުޒާހަރާގެ ބައިވެރިންގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ބައިވެރިކޮށްފައިވާ ކަމަށް އެޗްއާރްސީއެމުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން އާންމު ރައްޔިތުންގެ ފަރާތުންވެސް މުޒާހަރާގެ ބައިވެރިންގެ ގަޔަށް ފެން ޖެހުމާއި، ސައިކަލެއްގައި ގޮސް ވަންނަން އުޅުން ފަދަ ނޭދެވޭ އަދި ގެއްލުމެއް ލިބިދާނެ ފަދަ އަމަލުތަކެއްކޮށްފައިވާ ކަމަށް އެޗްއާރްސީއެމުން ނެރުނު ބަޔާނުގައިވެއެވެ.
އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ބައެއް ހާލަތްތަކުގައި މުޒާހަރާ ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުރާ ކަމަށެވެ. އަދި ބައެއް ހާލަތްތަކުގައި އެއްވުން ރޫޅާލުމުގެ ކުރިން އިންޒާރު ދީފައި ނުވާ ކަމާއި އިންޒާރުދިނުމަކާ ނުލާ ޕެޕާ ސްޕަރޭ ޖަހާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެެ.
މީގެ އިތުރުން ޤާނޫނުއަސާސީން އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ރައްޔިތުންނަށް ދީފައިވާއިރު، ހައްގުގެ ބޭނުން ކުރުމުގައި އެއްބަޔަކު އަނެއް ބައެއްގެ ހައްގަށް އަރައި ނުގަނެ ހައްގުތަކަށް އިހުތިރާމް ކުރުމަކީ މުޖުތަމައުގެ ހަމަޖެހުމަށްޓަކައި މުހިންމު ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން މުޒާހަރާގައި ހަރަކާތްތެރިވާ ނޫސްވެރިންވެސް މުޒާހަރާތައް އޮބްޒަރވް ކުރުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތައް ހިފަހައްޓައި ޒިންމާދާރުކަމާއެކު އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް އެޗްއާރްސީއެމުން ނެރުނު މި ބަޔާނުގައި ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެއިތުރުން މުޒާހަރާ ރޫޅާލުމުގައި ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ފުލުހުންގެ އަމަލުތައް ބެހެއްޓުމަށް ފުލުހުންނަށް އިލްތިމާސްކޮށްފައި ވެސް ވެއެވެ. އަދި އެއްވެއުޅުމުގެ ޤާނޫނުން މަނާ ކުރާ ކަންތައްތައް ކުރުމުން ދުރުހެލިވުމަށް މުޒާހަރާގެ ބައިވެރިންނާއި، ދިފާޢީ ބާރުތަކާއި އަދި އާންމުންނަށް ވެސް އެޗްއާރްސީއެމުން އިލްތިމާސްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު