އިޔާދަ ކުރަނިވި ހަކަތައިން ފެން އުފައްދަން ފެށުމުން ފެން އުފެއްދުމަށް ކުރާ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.
އެމްޑަބްލިޔުއެސްސީގެ މަސައްކަތްތަކާއި ގުޅޭގޮތުން ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ އެމްޑަބްލިއުއެސްސީގެ އެންމެ ބޮޑު އަމާޒެއް މިހާރު ހުރީ ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ފެން އުފެއްދުމަށް ކަމަށެވެ. އެގޮތުން 500 ކިލޯވޮޓްގެ ކަރަންޓް އުފެއްދޭ ވަރުގެ ސޯލާ ސިސްޓަމެއް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ޝާހު ފާހަގަކުރެއްވިއެެވެ. އަދި ސޯލާ ސިސްޓަމަކީ 1450 ކިލޯވޮޓްގެ ބެޓެރި ސިސްޓަމަކާއެކު ޤާއިމް ކުރާ އިޔާދަ ކުރުވަނިވި ހަކަތައިގެ ސިސްޓަމެއްކަމަށްވެސް ޝާހު ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ ފެން އުފެއްދުމަށް އަހަރެއްގެ މައްޗަށް މިހާރު 400 މިލިއަން ރުފިޔާގެ ޑީސަލް ހަރަދުވާކަމަށެވެ. އަދި އިޔާދަ ކުރަނިވި ހަކަތައިން ފެން އުފައްދަން ފެށުމުން ހަރަދު ކުޑަވެ، ކުންފުނީގެ މާލީ ހާލަތު ރަނގަޅު ކުރެވިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިހާރު އަހަރަކު 400 މިލިއަން ރުފިޔާ އެބަ ޚަރަދުވޭ ހަމައެކަނި ޑީސަލަށް. އިޔާދަ ކުރަނިވި ހަކަތައިން ފެން އުފައްދަން ފެށުމުން ޑީސަލް ގަތުމަށް ކުރާ ހޭދައިން މި މަޝްރޫޢުގެ އަގަށް ނުވައެއް ނުވަތަ ދިހަވަރަކަށް އަހަރުތެރޭގައި ފައިސާ ދައްކާލެވޭނެ." ހަސަން ޝާޙް ވިދާޅުވިއެވެ.
އިޔާދަކުރަނިވި ހަކަތައިން ފެން އުފެއްދުމުގެ އިތުރުން، ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމަށްވެސް އެމްޑަބްލިއުއެސްސީން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން 300 މިލިލީޓަރުގެ ޕްްލާސްޓިކް ފުޅީގައި ފެން ބަންދު ކުރުން މިހާރު ހުއްޓާލާފައިވާއިރު މިއަހަރު ނިމޭއިރު 500 އެމްއެލްގެ ޕްލާސްޓިކް ފުޅީގައި ފެން ބަންދުކުރުންވެސް ހުއްޓާލާނެކަމަށް ޝާހު ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ އެކަމަށް ތައްޔާރީތަކެއް ވަމުންދާއިރު ފެން ބަންދުކުރުން ހުއްޓާލުމުން ކުންފުންޏަށް ގެއްލުންތަކެއްވެސް ވާނެކަމަށެވެ. އެހެންކަމުން 500 އެމްއެލްގެ ފުޅީގައި ފެން ބަންދުކުރަން ހުއްޓާލުމުގެ ކުރިން 2 ލީޓަރު ނުވަތަ 2500 ލީޓަރުގެ ފެންފުޅި ބާޒާރަށް ނެރުމަށް މަޝްވަރާތައް ކުރަމުންދާކަމަށް ޝާހު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު