ތިލަފުށިން ބިން ވިއްކާނީ ސަރުކާރުގެ ފޮރިން ޑިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ، އެފްޑީއައިގެ ދަށުން ހުއްދަ އޮތް، އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށްކަމަށް އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީން މިކަން ހާމަކޮށްފައި މިވަނީ ތިލަފުށިން ބިން ވިއްކާ މައްސަލައިގައި ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވަމުންނެވެ.
އެޗްޑީސީން ބުނީ ތިލަފުށިން ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ވިއްކާނީ ސަރުކާރުގެ ފޮރިން ޑިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) ގެ ދަށުން ހުއްދަ ދީފައި އޮތް އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށްކަމަށެވެ. މީގެއިތުރުން ޕްރޮޖެކްޓް ބޭސިސްގައި ކޮންސްޓްރަކްޝަން މަޝްރޫއުތައް ހިންގުމަށް ހުއްދަދެވިފައިވާ ކުންފުނިތަކަށް އެ ބީލަމުގައި ބައިވެރި ނުވެވޭނެކަމަށްވެސް ބަޔާނުގައިވެއެވެ.
އެޗްޑީސީން ބުނީ ބިން ކުއްޔަށް ނެގުމަށް ހުށަހަޅާ ބޭރުގެ ކުންފުނިތަކުން ހުށަހަޅާފައިވާ އިންޑަސްޓްރިއަލް ބޭނުންތަކަކީ އެ ފަރާތްތަކަށް އެފްޑީއައި ޕޮލިސީގެ ދަށުން ހުއްދަދެވިފައިވާ ވިޔަފާރި ބޭނުންތަކެއްތޯ އިކޮނޮމިކް މިނިސްޓްރީ ބަލާނެކަމަށެވެ.
ގްރޭޓަރ މާލެ ރީޖަންގެ އިންޑަސްޓްރިއަލް ހަބެއްގެ ގޮތުގައި ތިލަފުށި ފޭސް 2 ތަރައްޤީކުރުމުގެ މަސައްކަތް އެޗްޑީސީން އަންނަނީ ކުރަމުންނެވެ. މިގޮތުން ތިލަފުށިން 4.3 ހެކްޓަރުގެ ބިން ބީލަމުގެ އުސޫލުން ދޫކުރުމަށް ވަނީ ނިންމާފައެވެ.
އެޗްޑީސީން ބުނީ ތިލަފުށިން ވިއްކާ ބިންތަކުގެ ތެރެއިން 90 އިންސައްތަ ބިން ވިއްކާނީ ދިވެހިންނަށްކަމަށެވެ. އަދި ބޭރު މީހުންނަށް ވިއްކާނީ 10 އިންސައްތަކަމަށްވެސް އެޗްޑީސީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު