ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ފޯމް ހުށަހެޅުމަށް އޮންނަ މުއްދަތު އިތުރުކުރުމަށްޓަކައި ޤާނޫނަށް އިސްލާހު ގެންނަން ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ހުށަހެޅީ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފެވެ.
އޭނާ ހުށަހެޅުއްވި އިސްލާހުގައި ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ބޭފުޅުންނަށް އިންތިޚާބުގައި ވާދަކުރުމަށް ކުރިން ދީފައި އޮތް 10 ދުވަހުގެ މުއްދަތު 14 ދުވަހަށް އިތުރުކުރުމަށެވެ.
ރިޔާސީ އިންތިޚާބުގެ ޤާނޫނު މިހާރު އޮތްގޮތުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުކުމުގެ ފުރުސަތު ލިބޭނީ ޖުލައިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އޮގަސްޓްމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްވުމުން މިމުއްދަތު 14 ދުވަހަށް އިތުރު ކުރެވިގެންދާނެއެވެ.
ބައެއް ފަރާތްތަކުން ބުނާގޮތުން ރިޔާސީ އިންތިހާބަށް ފޯމް ހުށަހެޅުމަށް މިހާރު އޮތް 10 ދުވަހުގެ މުއްދަތުގެ ސަބަބުން އިންތިހާބަށް ކުރިމަތިލައްވާ ފަރާތްތަަކަށް ބޮޑެތި އުނދަގޫތައް ކުރިމަތިވާކަމަށެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހުގެ 9ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި ރިޔާސީ އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު އަންނަ ޖުލައިމަހުގެ 23 އިން އޯގަސްޓް 3 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާނެ ކަމަށްވެސް އިލެކްޝަނުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު