ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ސިންގަޕޫރަށް ފުރާވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ސިންގަޕޫރަށް ރައީސުލްޖުމްހޫރިއްޔާ ފުރާ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށެވެ.
ރައީސް ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ހަފްތާ ބަންދުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް އެންމެފަހުން ވަޑައިގެންނެވީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައެވެ. އެމަނިކުފާނު ވަނީ ސިންގަޕޫރުން ތައިރޮއިޑް އޮޕަރޭޝަނެއްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު