މި ސަރުކާރުގެ ކޯލިޝަން ބައިވެރިން ކަމަށްވާ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ އަދި މޯލްޑިވްސް ރިފޯމް މޫމްމަންޓަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ސިޓީފުޅެއް ފޮނުއްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯލިޝަން ހެދުމުގެ ދައުވަތާއެކު ރައީސް ޞާލިޙް ސިޓީފުޅު ފޮނުއްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. މިކަން އެމްޑީޕީން އަދި ކަށަވަރު ކޮށްދީފައި ނުވިނަމަވެސް ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުން ވަނީ އެފަދަ ސިޓީއެއް ލިބިފައިވާކަން ކަށަވަރު ކޮށްދީފައެވެ.
ރައީސް ޞާލިޙް މިފަދަ ސިޓީފުޅެއް ފޮނުއްވާފައި މިވަނީ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމުގެ ބާރު އެމްޑީޕީގެ ގައުމީ މަޖިލީހުން ރައީސް ޞާލިޙަށް ދީފައި ވަނިކޮށެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތި ލައްވާނީ ކޯލިޝަނެއްގެ ތެރެއިން ކަމަށާއި އަދި އެއީ އިންތިހާބު ކާމިޔާބުކުރަން އެންމެ ފަސޭހަގޮތް ކަމަށް ވެސް ރައީސް ޞާލިޙް މީގެކުރިން ވަނީ ވިދާޅުވެފައެވެ.
އިންތިހާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު ކުދި ޕާޓީތަކުން ނިންމާ ނިންމުމަށް ބޮޑެތި ޕާޓީތަކުން ދަނީ އިންތިޒާރު ކުރަމުންނެވެ. ނަމަވެސް އޭގެ ތެރޭގައި އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދަނީ ޖުމްހޫރީ ޕާޓީގެ ނިންމުމަކަށެވެ.

ކިޔުންތެރިންގެ ހިޔާލު