މިއަހަރު އޮންނަ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއިއެކު މަސައްކަތް ކުރުމަށް ރައީސް ނަޝީދު ވަޑައިގެންނެވުމަށް ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު ގޮވާލައްވައިފިއެވެ.
ވީޓީވީގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން ރައީސް ޞާލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒު ވިދާޅުވީ، ރައީސް ނަޝީދު ޑިމޮކްރަސީއަށް ކުރައްވާ މަސައްކަތަކީ ވަރަށް ބޮޑަށް ތާއީދު ކުރައްވާ މަސައްކަތެއް ކަމަށާއި، ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ނަޝީދު ވަނީ ބުރަ މަސައްކަތްތަކެއް ކުރައްވާ އެކަންކަން ކާމިޔާބު ވެސް ކުރައްވާފައި ކަމަށެވެ.
ނަމަވެސް، އެމަނިކުފާނުގެ ފަރާތްޕުޅުން މިހާރު ފެނިގެންދަނީ ވަރަށް ހިތާމަވެރި ކަންތައްތަކެއް ކަމަށް ނިޔާޒު ވިދާޅުވިއެވެ. އަދި އޭރު ޑިމޮކްރަސީއަށް އެހާގިނަ މަސައްކަތްތަކެއް ކުރެއްވީތީވެސް، ނިމިދިޔަ އެޕާޓީގެ ޕްރައިމަރީގައި ލިބިވަޑައިގެންނެވި ނާކާމިޔާބީ ގަބޫލު ކުރައްވާ ޕާޓީއާއިއެކު މަސައްކަތުގައި ހުންނެވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
"އަދިވެސް އަޅުގަނޑު، ރައީސް ނަޝީދަށާއި ނަޝީދުގެ ޓީމަށް ގޮވާލަނީ، ޑިމޮކްރަސީއަށް އަޅުގަނޑުމެން މިހާތަނަށް ކުރަމުން ގެންދިޔަ މަސައްކަތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން އަދި މެޖޯރިޓީއަށް ތަބާވެ މިއޮއްހާދުވަހު އަޅުގަނޑުމެން ކުރި މަސައްކަތަށް މިސާލު ދައްކަވައިގެން އަޅުގަނޑުމެންނާއި އެއްކޮށް އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް ޞާލިޙާއިއެކު އެންމެން އެކައްޗެއް ކިޔައިގެން އިންތިހާބު ކާމިޔާބު ކުރަން ވަޑައިގަންނަވާށޭ." ނިޔާޒު ވިދާޅުވިއެވެ.
ނިޔާޒު ވިދާޅުވީ އެފަދަ ވާދަވެރި ކިތަންމެ އިންތިހާބެއް މީގެކުރިން އެމްޑީޕީގައި ބާއްވާފައިވާ ކަމަށެވެ.
ނިޔާޒު މިފަދައިން ވިދާޅުވިއިރު، ނަޝީދު ޕްރައިމަރީގެ ނަތީޖާ ގަބޫލުފުޅު ކުރެއްވި ނަމަވެސް އޭގެފަހުން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ އެނަތީޖާ ގަބޫލުފުޅު ނުކުރަށްވާކަން ދޭހަވާ މޭރުމަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު