މާލެއިން ގެއްލިގެން ހޯދަމުންދަނިކޮށް ފެނުނު އައްޑޫ މަރަދޫފޭދޫ ގަސްކަރަ، މުޙައްމަދު އާސިރު ފެނުމާ ހަމައަށް ކަން ހިނގި ގޮތް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
މިމަހުގެ ފަސްވަނަ ދުވަހު ގެއްލުނު އާސިރު ފެނިފައިވަނީ އޭނާ ގެއްލުނުތާ 13 ދުވަސްފަހުން މިމަހުގެ 17 ވަނަ ދުވަހުއެވެ. އޭނާ ފެނުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް ތެރޭގެ ގޮނޑިއެެއްގައި އިށީދެ އިންދައެވެ. ފުލުހުންގެ އިދާރާއިން މިރޭ ބުނީ އާސިރު ގެއްލުމަށްފަހު ފެނުމާ ދެމެދު ވީ ދުވަސްތަކުގައި ކަންތައް ހިނގި ގޮތް ބަލަމުންދާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެެއް ނުވެއެވެ.
އާސިރުގެ އާއިލާއިން މިއަދު މީޑިއާއަކާ ވާހަކަދައްކަމުން ބުނީ އާސިރު ފެނުނުތާ ތިން ދުވަސް ވީއިރު ވެސް އޭނާ އުޅުނު ތަނަކާ ބެހޭ އެއްވެސް ވާހަކައެއް ނުދެއްކި ކަމަށެވެ. އަދި އާސިރު ގެއްލުނު ފަހުން އޭނާ ފެނުނުއިރު އޭނާގެ އުޅުމަށް ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވޭ ކަމަށް އާއިލާ އިން ވަނީ ބުނެފައެެވެ.
އާސިރު ހޯދުމަށް ފުލުހުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އޭނާ ދިރިއުޅޭ ގެ ހ. އަލްޝާވިލާ ހިމެނޭ ސަރަހައްދު ހިމެނޭހެން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިހުރި ފުލުހުންގެ ކެމެރާތަކާއި ވެލާނާ އިންޓަނޭޝަން އެއާޕޯޓުގައި ހުރި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ކެމެރާތަކާއި ޓީއެމްއޭގެ ކެމެރާތަކާއި އެއާޕޯޓު ފެރީ ހުންނަ ސަރަހައްދުގެ ކެމެރާ ބަލައި އޭނާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ފުލުހުން ބުނެެއެވެ.

ކިޔުންތެރިންގެ ހިޔާލު