އައިޖީއެމްއެޗަށް ބޭނުންވާ އެކިކަހަލަ މެޝިނަރީތައް ހޯދުމުގައި، އަމަލުކުރަން ހުންނަ ގަވާއިދު ތަކާއި އުސޫލުތަކުގެ ސަބަބުން ދަތިތަކާއި ކުރިމަތިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އައިޖީއެމްއެޗަށް ބޭނުންވާ މުހިންމު ބައެއް މެޝިނަރީތައް ނެތްކަމަށްބުނެ ރާއްޖޭގެ ބައެއް ނަރުހުންނާއި ޑޮކްޓަރުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެ ހޮސްޕިޓަލުން މިއަދު ވަނީ އެކަން ދިފާއުކޮށް ބަޔާނެއް ނެރެފައެވެ.
ބަޔާނުގައި ބުނެފައިވަނީ، ވަކި ބްރޭންޑެއްގެ މަޝިނަރީއާއި ބައެއް ތަކެތި ހޯދުމަށް ޑިޕާޓްމަންޓްތަކުން އެދުނު ނަމަވެސް އެތަކެތި ހޯދުމުގައި އަމަލުކުރަން ޖެހޭ އުސޫލުތަކެއް ހުންނާތީ ތަކެތި އަވަހަށް ހޯދުމުގައި ދަތިތަކެއް ހުންނަ ކަމަށެވެ.
އަދި ހަރަދު ކުޑަކޮށް ތަކެތި ހޯދުމާއި ވަކި ސްޑޭންޑަޑަކަށްފެތޭ ފެންވަރު ރަނގަޅު ތަކެތި ހޯދަން ޖެހޭތީއާއި ތަކެތި ހޯދުމުގައި އަމަލުކުރަންޖެހޭ ގާނޫނީ އުސޫލުތަކެއް ހުންނާތީ އެތަކެތި ވަގުތުން ހޯދުމުގައި ދަތިތަކެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
ނޫސްބަޔާނުގައި ވަނީ، އައިޖީއެމްއެޗްގައި ސްކޭން ކުރަން ބޭނުންކުރާ ޕޯޓަބަލް މެޝިން ނެތްކަމަށް ބުނެ ފަތުރާ ވާހަކަތަކަށް ވެސް ރައްދު ދީފައެވެ. އެ ހޮސްޕިޓަލުން ބުނެފައިވަނީ، މިވަގުތުވެސް އޭގެ ފަސް މެޝިން ހޮސްޕިޓަލުގައި ބޭނުންކުރަމުން ގެންދާ ކަމަށެވެ.
އައިޖީއެމްއެޗުން މިފަދަ ބަޔާނެއް ނެރެފައިވާއިރު، އެހޮސްޕިޓަލްގެ ހޭނައްތާ ޑޮކްޓަރު އިސްމާއީލް ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެހޮސްޕިޓަލްގެ އައިސީޔޫގައި ޔޫއެސްޖީ މެޝިނެއް ދުވަހަކުވެސް ނުގެންގުޅޭ ކަމަށާއި އަދި އައިސީޔޫއަށް ޔޫއެސްޖީ މެޝިނެއް ވަރަށް އަވަހަށް ބޭނުންވާ ކަމަށެވެ. ކޮންމެވެސް ފަރާތަކުން އެފަދަ މެޝިނެއް އެތަނަށް ހޯދައިދިނުމަށް އެދިވަޑައިގެން އޭނާގެ މި ޓްވީޓްގައި ހެޅްތު މިނިސްޓްރީއާއި ޑަބްލިޔޫ އެޗްއޯއާއި ރައީސް އޮފީސް ވަނީ ޓެގް ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު