ގެދޮރު ފަދަ ތަންތަން ކުއްޔަށް ދިނުމުގެ މުޢާމަލާތްތަކުގައި އޮޅުވާލައިގެން ބޮޑެތި ޢަދަދުތަކުން ފައިސާ ހޯދުމުގެ މައްސަލަތައް ހުށަހެޅޭތީ އެކަމަށް ސަމާލުވުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިލްތިމާސްކޮށްފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ގެދޮރު ފަދަ ތަންތަން ކުއްޔަށް ދިނުމުގެ މުޢާމަލާތްތަކުގައި ޞައްޙަނޫން ލިޔުން އުފައްދައި ކުއްޔަށް ހިފާ ފަރާތަށް އޮޅުވާލައިގެން ބޮޑެތި ޢަދަދުތަކުން ފައިސާ ހޯދުމުގެ މައްސަލަތައް ހުށަހެޅެމުންދާކަމަށެވެ. އެގޮތުން ގޭގެ ވެރިފަރާތުގެ އަތުން ތަނެއް ހުއްޔަށް ނެގުމަށްފަހު އެތަނުގެ އެއްބަސްވުމަށް ބަދަލު ގެނެސް އެހެން މީހުންނަށް އެތަން ކުއްޔަށް ދިނުމުގެ ނަމުގައި ބޮޑެތި އަދަދުތަކުން ފައިސާ ނަގަމުންދާ ކަމަށް އެ އޮފީހުން ބުނެއެެވެ. އަދި މިފަދަ ތަންތަނުގެ ހަގީގަތް އެނގޭއިރު ބައެއް ފަރާތްތަކުގެ އަތުން ލައްކައިން ފައިސާ އަތުލާފައި ހުންނަކަން ފާހަގަވެފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެެ.
ޕީޖީ އޮފީހުން ބުނީ މިފަދަ އޮޅުވާލުންތަކުން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅުތަކެއް ހުންނަކަމަށެވެ. އެގޮތުން ކުއްޔަށް ދޫކުރާ މީހާއަކީ ހަގީގަތުގައިވެސް އެބުނާ މުއްދަތަކަށް އެތަން ކުއްޔަށް ދެވޭނެ މީހެއްކަން ކަށަވަރު ކުރުމާއި ޝައްކުވާ ހާލަތްތަކުގައި ގޭގެ އަސްލު ވެރިފަރާތާއި ބައްދަލުކޮށް، ކަންކަން އޮޅުން ފިލުވުން ފަދަ ކަންކަން ކުރެވިދާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެެވެ.
މީގެއިތުރުން ގިނަ ފައިސާ ހިމެނޭ ކުލީގެ މުޢާމަލާތްތައް ހިންގެވުމުގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯއްދެވުމަށްވެސް ޕީޖީ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ތަންތަން ކުއްޔަށް ހިފުމުގެ މުއާމަލާތްތަކުގައި ސަމާލުވުމަށް ޕީޖީ އޮފީހުން އިލްތިމާސްކޮށްފައިވާއިރު، މިފަހަކަށް އައިސް މިފަދަ މައްސަލަތައް އިތުރުވަމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު