ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރުކަމުގެ މަގާމަށް އެ މަގާމުގައި ހުންނެވި ގާސިމް އިބްރާހިމް އިތުރު ދައުރަކަށް ހޮވި ވަޑައިގެންފިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުކަމުގެ އިތުރު ދައުރަކަށް، ޤާސިމް އިބްރާހީމް ހޮވުނީ މިމަހުގެ 24އިން 25އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޖުމްހޫރީ ޕާޓީގެ ގައުމީ ޖަލްސާގައި އިންތިހާބުކުރާ ޕާޓީގެ ލީޑަރުކަމުގެ މަގާމަށް އިތުރު ބޭފުޅަކު ވާދަނުކުރެއްވުމުންނެވެ.
ޤައުމީ ޖަލްސާގައި އިންތިހާބު ކުރާ މަގާމްތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ހަމަވުމުން އެ މަޤާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ކެނޑިޑޭޓު ނަންބަރު ރޭ ވަނީ ތަރުތީބުކޮށްފައެވެ.
ޖުމްހޫރީ ޕާޓީން ބުނީ އެޕާޓީގެ ލީޑަރުގެ މަޤާމަށް ޤާސިމް ފިޔަވާ އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާކަމަށެވެ. އެހެންކަމުން ވޯޓުނެތި އިތުރު ދައުރަކަށް ޤާސިމް އިންތިޚާބުވެފައިވާކަމަށް ޖުމްހޫރީ ޕާޓީން ބުނެއެވެ.
ޖުމްހޫރީ ޕާޓީ އުފެދުނީއްސުރެ އެޕާޓީގެ ލީޑަރަކަށް ހުންނެވި ޤާސިމް އިބްރާހީމް ޕާޓީގެ ލީޑަރުގެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވި މިއީ 4 ވަނަ ދައުރެވެ.
ޖޭޕީގެ ޤައުމީ ޖަލްސާ އޮންނާނީ މިމަހުގެ 24 އިން 25 އަށް ދަރުބާރުގޭގައެވެ. ޖޭޕީގެ ޤައުމީ ކޮންގްރެސްގައި 900 އަށްވުރެ ގިނަ މީހުން ބައިވެރިވާނެކަމަށްވެސް ޖުމްހޫރީ ޕާޓީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު