އަހުމަދު މަސްނޫމް   19 ފެބްރުއަރީ 2023 - 10:59
ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް އެމްޓިސީސީން ބުނެފިއެވެ.

ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

އެމްޓިސީސީން ބުނީ އދ. ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ބިންހިއްކުމުގެ މަސައްކަތްކަމަށެވެ.



އެމްޓިސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 24,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 430 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 185 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯޓިއުބް ރިވެޓްމެންޓް ޖެހުން ހިމެނޭކަމަށެވެ. އަދި 7,171 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ރީޕްލެނިޝް ކުރުމުގެ މަސައްކަތް ހިމެނޭކަމަށްވެސް އެމްޓިސީސީން ބުނެއެވެ.

އެމްޓީސީސިން ބުނީ މި މަޝްރޫޢަކީ 21.2 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު