އިންޑިއާއިން ބޭރުކޮށްލި ދިވެއްސަކަށް ހަޖޫ ޖައްސަވާ ޑިފެންސް މިނިސްޓަރ މާރިއާ އަހުމަދު ދީދީ ދެއްކެވި ވާހަކަތަކަށް މަޢާފަށް އެދިވަޑައިގަތުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ގޮވާލައްވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭަޓަށް ޓިކެޓް އެރުވުމަށް ބޭއްވި ޖަލްސާގައި މާރިޔާ ވަނީ އިންޑިއާއިން އިހަކަށް ދުވަހު ހިފެހެއްޓި ދިވެއްސަކަށް ހަޖޫ ޖައްސަވައި ވާހަކަދައްކަވާފައެވެ. އެކަމާއި ގުޅިގެން އެކަމަނާއަށް ވަނީ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައެވެ.
މިކަމާއި ގުޅިގެން ޕީޕީއެމް ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ދަރިއަކު ރާއްޖެއިން ބޭރުގައި އުފުލި ތަކުލީފަށް ރާއްޖޭގެ ދިފާޢީ ވަޒީރުގެ މަޤާމުގައި ހުންނެވި މާރިއާ އަޙްމަދު ދީދީ ޖޯކު ޖައްސަވާ މަލާމާތްކުރެއްވުން ދިވެހި ރައްޔިތުން ބަލައެއް ނުގަންނާނެ ކަމަށެވެ.
އަދި އިންޑިއާއިން ބޭރުކޮށްލި ދިވެހި ދަރިއަކަށް ޖޯކު ޖައްސަވާ މާރިއާ ދެއްކެވި ވާހަކަތަކަށް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މަޢާފަށް އެދިވަޑައިގެންނެވުމަށްވެސް މާރިއާ އަޙްމަދު ދީދީއަށް ވަނީ ގޮވާލާފައެވެ.
އިދިކޮޅުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ދިވެހި ސިފައިންނާއި ފުލުހުންނަކީ މިޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ލޮޅުން އަރާ ކޮންމެ ވަގުތެއްގައިވެސް މިޤައުމު ސަލާމާތް ކުރުމަށް ކަމަރު ބަނދެގެން ތިބެ، އެންމެ ފުރަތަމަ އެކަމާއި ކުރިމަތިލާން ތައްޔާރަށް ތިބި ބައެކެވެ. އަދި އެއްވެސް އިރެއްގައި ސިފައިންގޭގައި ނުވަތަ ފުލުހުންގެ ތެރޭގައި އިޚުލާސްތެރި ޚިދުމަތެއް ކޮށްދެއްވާފައިވާ ބޭފުޅަކު މިޤައުމަށް ހަރާންކޯރު ނުވާނެ ކަމާއި ކޮންމެ ވަގުތަކުވެސް ޤައުމުގެ މިނިވަންކަން ދިފާއު ކުރުމަށް ނުކުންނަވާނެކަމީ ޔަޤީން ކުރާކަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.
ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާއަށް ޖާގަދީ، އިންޑިއާއިން ބޭނުންވާހާ ގޮތަށް ރާއްޖޭގެ ރަށްތައް ދީ، ދިވެހި ރައްޔިތުންގެ ފައިސާއިން އެތައް މިލިއަން ރުފިޔާއެއް އިންޑިއާގެ ކުންފުނިތަކަށް ދިނުމުގެ އިތުރުން އިންޑިއާގެ ކުންފުނިތަކުން ރާއްޖެ އެތެރެ ކުރާ ތަކެތިން ޓެކްސް ނުނަގާ ގޮތަށް ހަމަޖެއްސުމާއި، އަދި ނުއަގުގައި ދިގު މުއްދަތަށް ބޭރުގެ ފަރާތްތަކަށް ބިން ދިނުމަކީވެސް ރައްޔިތުންނަށް އޮޅުވާލައިގެން ދިވެހިން އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ގެންދިއުމަށް މިސަރުކާރުން ހިންގަމުން ގެންދާ ޢަމަލުތަކެކެވެ.
ހުސްވި ހަފުތާގައި އިންޑިއާއިން އަނބުރާ ފޮނުވާލި އިދިކޮޅު އެކްޓިވިސްޓަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލުމަށް ގޮވައިލާ އިދިކޮޅު ޕީޕީއެމުން ހިންގާ ހަރަކާތުގެ ކުރީ ސަފުގައި މަސައްކަތްކުރައްވާ ޕީޕީއެމްގެ އިސް މެންބަރެކެވެ.

ކިޔުންތެރިންގެ ހިޔާލު