ރާއްޖޭގައި އަލަށް ގާއިމްކުރާ އައު އެއަރޕޯޓްތަކާއެކު ގައުމީ އެއަރލައިންގެ ދައުރު ބޮޑުވާނެކަމަށް ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނާއިބު ރައީސް މިހެން ވިދާޅުވީ އައިލެންޑް އެވިއޭޝަންގެ ސްޓާފް ނައިޓް ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ނާއިބު ރައީސް ވިދާޅުވީ ސަރުކާރުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އެކި ސަރަހައްދުތަކުގައި އެއަރޕޯޓްތައް ތަރައްގީކުރަމުން އަންނަ ކަމަށެވެ.



ނާއިބު ރައީސް ވިދާޅުވީ އެއަރޕޯޓުތައް އިތުރުވަމުންދާއިރު ކުރިއަށް އޮތްތަނުގައި ގައުމީ އެއަރލައިންގެ މަސައްކަތް ފުޅާވާނެ ކަމަށެވެ. އަދި ޚިދުމަތް ދިނުމުގައި ކުރިއަށް އޮތްތަނުގައިވެސް ހަމަހަމަ ކަމާއި، އޯގާތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދެއްވުމަށް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.

"ވާލެއްގެ މައްޗަށް ފަންސާސް ފްލައިޓް ފަސްދޮޅަސް ފްލައިޓް ދަތުރުކުރާއިރު އެހުރިހާ ފަރާތްތަކުން ތިއިން ކޮންމެވެސް މުވައްޒަފެއްގެ ޚިދުމަތް ލިބިގަންނާނެ. އެހެންކަމުން ވަކި ރައްޔިތަކަށް ބެލުމެއް ނެތި އޯގާތެރިކަމާއެކު ޚިދުމަތް ދެއްވަންޖެހޭ." ނައިބު ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު