މިއީ ރާއްޖެ ތަޖުރިބާކުރި އެންމެ އަނިޔާވެރި ވެރިކަން ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވި އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީއެންސީގެ ރައީސް، އަބުދުއްރަހީމް މިއަދު ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމަކީ މިހާތަނަށް ދިވެހި ގައުމު ތަޖުރިބާކުރި އެންމެ އަނިޔާވެރި، ޣައްދާރު، ޚިޔާނާތްތެރި ވެރިކަން ކަމަށެވެ. އަދި އަނިޔާވެރިވީ ރައްޔިތުންނަށް ކަމަށާއި ޣައްދާރުވީ ގައުމަށް ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ.



"ޚިޔާނާތްތެރިވީ ދައުލަތަށް. ނަގާލީ މިނިވަންކަން. ހޯދީ އަޅުވެތިކަން. ޖެއްސީ އިންޑިޔާގެ ދަރަނި ދައްތުރައެއްގައި." ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރުކަން ކުރެއްވި އަބުދުއްރަހީމް ވިދާޅުވިއެވެ.

ނަމަވެސް މި ސަރުކާރުގައި ހިމެނޭ ބޭފުޅުންނާއި ބައެއް އާންމު ރައްޔިތުން ބުނަމުންދަނި މިހާތަނަށް ރާއްޖެދުށް އެންމެ އަނިޔާވެރި، ބިރުވެރި ވެރިކަމަކީ ނިމިގެންދިޔަ ރައީސް ޔާމިންގެ ވެރިކަން ކަމަށެެވެ. އެގޮތުން މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ހިންގާފައި ވަނީ ވެސް ޔާމިންގެ ސަރުކާރުން ކަމަށާއި ހުރިހާ ސިޔާސީ ލީޑަރުން ޖަލަށްލައި މީޑިއާތަކާއި ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ފިޔަވަޅުއަޅައި މީޑިއާތަކަށް ބިރުދައްކާފައި ވަނީވެސް ނިމިދިޔަ ސަރުކާރުން ކަމަށް އެފަދަ ފަރާތްތަކުން ފާހަގަކުރެ އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ރޭ ރަސްމީކޮށް ވަނީ އަރުވާފައެވެ. އެމްޑީޕީގެ ޓިކެޓް ރައީސަށް އަރުވާފައިވާއިރު ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވާ ކުރީގެ ރައީސް ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ހުކުމާއިއެކު ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ގާނޫނީ ހުރަހެެެއް ވަނީ ކުރިމަތިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު