އަހުމަދު މަސްނޫމް   18 ފެބްރުއަރީ 2023 - 14:12
ބަންގްލަދޭޝްއަށް ނިސްބަތްވާ އަލަމްގީރާއެކު އެއްޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ގެމައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ތާވަލްކޮށްފިއެވެ.

ނަޝީދުގެ މައްޗަށްކުރާ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ. ނަމަވެސް އެ އަޑުއެހުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ސިއްރުކޮށްގެނެވެ.

ބަންގްލަދޭޝްއަށް ނިސްބަތްވާ އަލަމްގީރާއެކު އެއްޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި ހައި ޕްރަފައިލް އިތުރު ބައެއްގެ މައްޗަށްވެސް ވަނީ ތަހުގީގް ހިނގައި، ދައުވާކޮށްފައެވެ.

އަލަމްގީރު ހިމެނޭގޮތުން ހަތަރު މީހެއްގެ މައްޗަށް މި މައްސަލައިގައި ދައުވާކުރާއިރު އޭގެތެރޭގައި ހިމެނެނީ ނަޝީދުގެ އިތުރުން ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރި ފުލުހެއް ކަމުގައިވާ އަބްދުއްރަހުމާނު ރަފީއުއެވެ.



މިމައްސަލައިގައި ހައްޔަރުކުރި ބައެއް މީހުންނަށް އެކަށީގެންވާ ވަރަށް ހެކި ނެތުމުގެ ސަބަބުން ވަނީ ދޫކޮށްލާފައެވެ. އަދި ވީޑިއޯތައް ލީކުކޮށްލިކަމަށް ތުހުމަތުކުރެވޭ މީހުންވެސް ވަނީ ދޫކޮށްލާފައެވެ.



ކިޔުންތެރިންގެ ހިޔާލު