އިންޑިއާގައި ދިވެއްސަކު ހައްޔަރުކުރި މައްސަލައަށް އިޝާރާތްކުރައްވައި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ދެއްކެވި ވާހަކަފުޅު އެކަމަނާ ތަރުޖަމާކޮށްދެއްވައިފިއެވެ.
ރައީސް ސާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ރޭ ބޭއްވި ޖަލްސާގައި މާރިޔާ ވަނީ އިންޑިއާގައި ޕީޕީއެމްގެ އެކްޓިވިސްޓަކު ހައްޔަރުކުރުމާއި ގުޅޭގޮތުން ހިނގި ކަންކަމަށް އިޝާރާތްކުރައްވައި ވަރަށް ބޮޑަށް އެކަން ދިފާކުރަށްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި އެކަމަނާ އެވާހަކަ ދެއްކެވި މަލާމާތުގެ ރާގެއްގައެވެ.
"ކެމެރާތައް ހުރީ އަޅުވާފައި. ވަޑައިގެން ވާހަކަދައްކަވަމުން އަޅުގަނޑުމެންނަށް ފެނުނީ މިހެން މޫނުގައި އަތް އަޅުއްވައި، އަޅުގަނޑަށް ހީވީ ކުޑަކޮށް ކީރިތިކުރެއްވިހެން،" ކުރިން ސިފައިންގޭގައި އުޅުނު ސަމަދުބެއަށް އިޝާރާތްކުރައްވައި މާރިޔާ ވިދާޅުވިއެވެ.
މާރިޔާގެ މި ވާހަކަތަކާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ މާރިޔާއަށް ފާޑު ކިޔަމުންނެވެ. އެގޮތުން ދިވެއްސަކަށް ބޭރު ޤައުމެއްގައި ދެރަ ގޮތެއްދިމާވުމުން އެކަމަށް ހަޖޫ ޖަހައި، ފުރައްސާރަކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
"ކޮންމެ ޕާޓީއަކަށް ނިސްބަތްވިއަސް ދިވެހިރައްޔިތަކަށް ދިމާވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ މައްޗަށް ވާޖިބުކަމެއް. އޭގެބަދަލުގައި ފުރައްސާރަކޮށް މަލާމަތްކުރުމުން އެގެނީ މިސަރުކާރުގެ ބައެއް ވަޒީރުންގެ ފެންވަރު. މިވަރުގެ މީހުން ވަޒީރުކަމުގަ ބައިތިއްބަން ހެޔޮނުވާނެ." ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް ވިދާޅުވިއެވެ.
އާއްމުންގެ ފާޑު ކިޔުން އަމާޒުވުމުން މާރިޔާ ވަނީ އެކަމަނާ ދެއްކެވި ވާހަކަތައް ތަރުޖަމާކޮށްދެއްވާފައެވެ.
މާރިޔާ ވިދާޅުވީ އެގޮތަށް އެކަމަނާ ވާހަކަދެއްކެވީ އިތުރު ދިވެއްސަކަށް އެފަދަ ކަމެއް ވިޔަ ނުދިނުމަށްކަމަށެވެ.
"އަޅުގަނޑުމެން ޒަރޫރީ ބޭނުންތަކަށް ދާންޖެހޭ ޤައުމުތަކޭ، ހިތުހުރި އެއްޗެއް ނުގޮވާށޭ ބުނެ ބުނެ ތިއްބާ ހިތުހުރި އެއްޗެއް ގޮވާފައި ގޮސް އެ ޤައުމަށް އެރީމަ އެތަނުން ފޮނުވާލީމަ އެ ރޯންޖެހޭ ރޮވުން ފެނި އެގޮތަށް އިތުރު ރައްޔިތަކަށް ނުވުމަށްޓަކައިވެސް އެވާހަކަ ދައްކަން ކެރެންޖެހޭ." މާރިޔާ ދެއްކެވި ވާހަކަތައް ދިފާއުކުރައްވަމުން ވިދާޅުވިއެވެ.
މާރިޔާ ދެއްކެވި ވާހަކަތައް އެކަމަނާ ދިފާއު ކުރެއްވިނަމަވެސް، އެކަން ގިނަ ރައްޔިތުން ބަލައެއް ނުގަނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މީގެކުރިންވެސް މާރިޔާ ވަނީ އިންޑިއާގެ ގަދަކަމާއި ރާއްޖޭގެ ނިކަމެތިކަން ދޭހަވާ ގޮތަށް ވާހަކަދައްކަވާފައެވެ.

“Alhugandumen zarooree beynun thakah dhaan jehey qawm thakey, hithu huri eccheh nugovaashey” bune bune thibbaa, hithuhuri eccheh govaafa gos e qawm ah ereema, ethanun fonuvaaleema e roan jehey ruvun feni, egothah ithuru rayyithakah nuvumah takaa ves evaahaka dhakkan keren jehey!
— Mariya Didi 🎈 (@MariyaDidi) February 18, 2023
މާރިޔާ ވިދާޅުވީ އެގޮތަށް އެކަމަނާ ވާހަކަދެއްކެވީ އިތުރު ދިވެއްސަކަށް އެފަދަ ކަމެއް ވިޔަ ނުދިނުމަށްކަމަށެވެ.
"އަޅުގަނޑުމެން ޒަރޫރީ ބޭނުންތަކަށް ދާންޖެހޭ ޤައުމުތަކޭ، ހިތުހުރި އެއްޗެއް ނުގޮވާށޭ ބުނެ ބުނެ ތިއްބާ ހިތުހުރި އެއްޗެއް ގޮވާފައި ގޮސް އެ ޤައުމަށް އެރީމަ އެތަނުން ފޮނުވާލީމަ އެ ރޯންޖެހޭ ރޮވުން ފެނި އެގޮތަށް އިތުރު ރައްޔިތަކަށް ނުވުމަށްޓަކައިވެސް އެވާހަކަ ދައްކަން ކެރެންޖެހޭ." މާރިޔާ ދެއްކެވި ވާހަކަތައް ދިފާއުކުރައްވަމުން ވިދާޅުވިއެވެ.
މާރިޔާ ދެއްކެވި ވާހަކަތައް އެކަމަނާ ދިފާއު ކުރެއްވިނަމަވެސް، އެކަން ގިނަ ރައްޔިތުން ބަލައެއް ނުގަނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މީގެކުރިންވެސް މާރިޔާ ވަނީ އިންޑިއާގެ ގަދަކަމާއި ރާއްޖޭގެ ނިކަމެތިކަން ދޭހަވާ ގޮތަށް ވާހަކަދައްކަވާފައެވެ.
ކިޔުންތެރިންގެ ހިޔާލު