އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި، އޭނާ ދަތުރުކުރައްވާ ރަސްމީ މަތިންދާބޯޓު "ވިންގް އޮފް ޒަޔަން" ނިއުޔޯކުގެ ޖޯން އެފް ކެނެޑީ (ޖޭއެފްކޭ) އިންޓަނޭޝަނަލް އެއާޕޯޓަށް ނުޖެއްސުމަށް ނިންމައިފިއެވެ. އިސްރާއީލުގެ ނޫހެއް ކަމަށްވާ "ޔެދިއޯތު އަހްރޯނޯތު" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ނިންމުން ނިންމާފައިވަނީ، ނިއުޔޯކް ސިޓީގެ މޭޔަރު ޒުހްރާން މަމްދާނީ އެ ބޯޓު ވަގުތުން ފުރުވާލަން އަމުރުކުރައްވާފާނެ ކަމުގެ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.
ރިޕޯޓުތައް ބަޔާންކުރާ ގޮތުގައި، ޖޭއެފްކޭ އެއާޕޯޓުގެ ބަދަލުގައި އެ ބޯޓު ޖެއްސުމަށް މިހާރު ހަމަޖެހިފައިވަނީ ނިއު ޖާޒީގެ އަސްކަރީ މަރުކަޒަކަށް ނުވަތަ ނިއުއާކް އިންޓަނޭޝަނަލް އެއާޕޯޓަށެވެ. މި ބަދަލު ގެނެސްފައިވަނީ އެމެރިކާގެ ކަމާބެހޭ އިދާރާތަކާއެކު އިންތިޒާމުތައް ހަމަޖެއްސުމުގައި ކުރިމަތިވި ދަތިތަކުގެ އިތުރުން، ނަތަންޔާހޫ ނިއުޔޯކުގައި ހުންނަވާ މުއްދަތުގައި އެ ސިޓީގެ އެއާޕޯޓުގައި ބޯޓު ބޭއްވުމުގެ ހުއްދަ ނުލިބިދާނެ ކަމަށް ބެލެވޭތީއެވެ.
އިތުބާރު ހުރި މަސްދަރުތަކާ ހަވާލާދީ އެ ނޫހުން އިތުރަށް ބުނެފައިވަނީ، އޭނާއާ ދެކޮޅަށް ކުރިމަތިވެދާނެ މުޒާހަރާތަކުގެ ސަބަބުން ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގެ މުއްދަތު ވަރަށް ބޮޑަށް ކުރުކޮށްލުމަށް ނަތަންޔާހޫ ނިންމަވާފައިވާ ކަމަށެވެ. އެގޮތުން، މި ދަތުރުފުޅުގައި ނިއުޔޯކުގައި ރޭކުރުމެއް ނެތި ވަގުތުން އެނބުރި ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، އެމެރިކާގެ ބިލިއަނަރު އީލޮން މަސްކާއެކު ޓެކްސަސްގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ބައްދަލުވުންވެސް ނަތަންޔާހޫ މިހާރު ވަނީ ކެންސަލް ކުރައްވާފައެވެ. އިސްރާއީލުގެ މަސްދަރަކުން ހާމަކުރި ގޮތުގައި މި ބައްދަލުވުން ކެންސަލް ކުރަންޖެހުނީ، ދަތުރުމަތީގައި ބޯޓަށް ތެޔޮ އެޅުމަށް މަޑުކުރަންޖެހުމާއި، ފަހު ވަގުތު އިންތިޒާމުތައް ހަމަޖެއްސުމުގައި އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ އެއްބާރުލުން ނުދިނުމުގެ ސަބަބުން ކުރިމަތިވި ދަތިތަކާ ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު