ޗައިނާއަށް ދަތުރުކުރާ ދިވެހިންނަށް އޮންއެރައިވަލް ވިސާ ލިބޭ އެއްބަސްވުމަށް އަމަލުކުރަން ފަށައިފިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޮންއެރައިވަލް ވިސާ ދިނުމަށް ވެފައިވާ އެއްބަސްވުމަށް ރަސްމީކޮށް ޢަމަލުކުރަން ފަށާފައިވާކަމަށެވެ.

ޗައިނާއާއި ރާއްޖެއާއި ދެމެދު އޮންއެރައިވަލް ވިސާ ދޭން ސޮއިކުރި އެއްބަސްވުމަށް ޢަމަލުކުރަން ފަށައި، އޮންއެރައިވަލް ވިސާ ދޭން ފަށައިފިއެވެ. އެގޮތުން ޗައިނާގެ ރައްޔިތުންނާއި އަދި ދިވެހިންނަށް އެއްގައުމު އަނެއް ގައުމަށް ދަތުރުކުރާއިރު، 30 ދުވަހަށްވުރެ ދިގު ނޫން މުއްދަތުގެ އޮން އެރައިވަލް ވިސާ ލިބޭނެއެވެ.



ދިވެހިންނަށް ޗައިނާއިން އޮންއެރައިވަލް ވިސާ ލިބޭނެ އިންތިޒާމް ހަމަޖެއްސީ މިދިޔަ އަހަރު ރާއްޖެއާއި ޗައިނާއާއި ދެމެދު ވެފައިވާ ވިސާ ފްރީ އެއްބަސްވުމުގެ ދަށުންނެވެ. މިކަން ލަސްވެފައި އޮތީ ކޮވިޑްގެ ޙާލަތާ ގުޅިގެނެވެ.

ޗައިނާއިން ދިވެހިންނަށް އޮންއެރައިވަލް ވިސާ ހަމަޖެހުމުން ފަތުރުވެރިންނާ، ވިޔާފާރި އަދި އާއިލާއަށް ދަތުރުކުރާ މީހުންނާއި، ޓްރާންސިޓް ކުރާ މީހުންނަށްވެސް، ކުރިއާލައި ވިސާ ނަގަން ނުޖެހި އޮން އެރައިވަލް ވިސާ ލިބޭނެއެވެ. ނަމަވެސް މަސައްކަތުގައާއި، ދިރިއުޅުން ބަދަލުކުރުމާއި، ނޫސްވެރިކަންކުރުން ފަދަ މަސައްކަތްތަކުގައި އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރާ މިހުން ކުރިއާލައި ވިސާ ނަގަން ޖެހޭނެއެވެ. އަދި ހަމަކުރަންޖެހޭ ލިޔެކިޔުންތައް ހޯދަން ޖެހޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު